twitterviber whatsapp telegramfacebookyoutube instagram
11th June 2026

ރައުޙާ: ނޮޅިވަރަމް ސްކޫލުގެ އެންމެ މޮޅު ދަރިވަރު

އަބްދުލް ވާހިދު ޙަސަން
May 6, 2025

ހދ ނޮޅިވަރަމް ސްކޫލްގެ 2024-2023 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ރައުޙާ ހުސެއިން ހޯދައިފި އެވެ.

އެޕްރީލް 30 ވަނަ ދުވަހު ބޭއްވި ނޮޅިވަރަމް ސްކޫލްގެ އިނާމުދިނުމަށް ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަބުދުﷲ ނާހިދެވެ.

މިއަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި އެ ސްކޫލްގެ 27 ދަރިވަރަކު، ތަފާތު ދާއިރާތަކުން 54 އިނާމު ހާސިލްކޮށްފައިވެ އެވެ.

އިނާމުދިނުމުގެ މި ރަސްމިއްޔާތުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލާއި ނޮޅިވަރަމުގައި ހުންނަ މުއައްސަސާތަކުގެ ވެރިންނާއި ދަރިވަރުން އަދި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355