twitterviber whatsapp telegramfacebookyoutube instagram
6th July 2025

ކުމުންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ލަމްސާ

Jul 6, 2025

2023-2024 ވަނަ ދިރާސީ އަހަރު ކުމުންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ލަމްސާ ހޮވިއްޖެވެ. ލަމްސާ ވަނީ ސާނަވީ މަރުހަލާ ނިންމާ އިމްތިހާނުތަކުން ޤައުމީ ފެންވަރުގައި ޓޮޕް އެޗީވާސް އެވޯޑު ހާސިލް ކޮށްފައެވެ.

އަދި ޓޮޕް އެޗީވާރސް ސްކޫލް ލެވެލް އެވޯޑްވެސް ލަމްސާއަށް ވަނީ ލިބިފައެވެ. މީގެ އިތުރުން ހަޔާ ޑިސްޓިންކޝަން އެވޯޑާއި، އިސްލާމް އާއި ޤުރްއާން މާއްދާއިން ސަބްޖެކްޓް ޕްރައިޒް ވަނީ ހާސިލްކޮށްފައެވެ. އަދި ކްލާސް ޕްރައިޒާއި އޮނަލިސްޓެޑް އެވޯޑްވެސް ލަމްސާއަށް ވަނީ ލިބިފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ކުމުންދޫ ސްކޫލްގެ 2023-2024 ވަނަ ދިރާސީ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހަނިމާދޫ ސްކޫލް ޕްރިންސިޕަލް އަބްދުﷲ ނާހިދު އެވެ.

އިތުރު ވަނަތައް ހާސިލްކުރި ދަރިވަރުން؛

ޖެނެރަލް ޕްރޮފިޝެންސީ ޕްރައިޒް ހާސިލްކުރި ދަރިވަރުންގެ ތެރޭގައި ގްރޭޑް 9 ގެ ދަރިވަރު ހުނޭފާ ޢަބްދުﷲ
އަދި ގްރޭޑް 10 ގެ ދަރިވަރު އަޝްފާ އަސްލަމް ހިމެނެ އެވެ.

ސަބްޖެކްޓް ޕްރައިޒް ޤުރްއާން ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު ހުނޭފާ ޢަބްދުﷲ އެވެ. އަދި ގްރޭޑް 10 ގެ ދަރިވަރު އަޝްފާ އަސްލަމް ވަނީ ސަބްޖެކްޓް ޕްރައިޒް އިސްލާމް އާއި ސަބްޖެކްޓް ޕްރައިޒް ޤުރްއާން ހާސިލްކޮށްފައެވެ. މީގެއިތުރުން ޓޮޕް އެޗީވާރސް ސްކޫލް ލެވެލް އެވޯޑާއި، ޑިސްޓިންކްޝަން އެވޯޑްވެސް ހާސިލްކޮށްފައިވަނީ ގްރޭޑް 10 ގެ ދަރިވަރު އަޝްފާ އަސްލަމް އެވެ.

ކްލާސް ޕްރޮގްރެސް ޕްރައިޒް ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު ފުރުޝާން ޙުސައިންއެވެ.

ކްލާސް ޕްރައިޒް ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު ހުނޭފާ ޢަބްދުﷲ އެވެ.

ގްރޭޑް 7 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވާ ދަރިވަރުންގެ ތެރޭގައި އަޙްމަދު ޛަހީނު މުޝައްޔިރު، އާމިނަތު އީޝަލް އިބްރާހީމް، އާމިނަތު ޢިނާން މުޙައްމަދު، އާމިނަތު ސަޙްނާ ޙުސައިން، ފާޠިމަތު ސުހާނާ ހިމެނެއެވެ.

ގްރޭޑް 8 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވާ ދަރިވަރުންގެ ތެރޭގައި ޢާއިޝަތު ޔަޝްފާ އިބްރާހީމް، އަޙްމަދު އައިހަމް އަސްލަމް، ޢާއިޝަތު އުލާ ޢަދުނާން، މުޙައްމަދު ހާއިދު ޔޫނުސް ހިމެނެއެވެ.

ގްރޭޑް 9 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވާ ދަރިވަރުންގެ ތެރޭގައި ހުނޭފާ ޢަބްދުﷲ، މަރްޔަމް މިޝްޤާ އަޙްމަދު، ފާޠިމަތު އީނާޝް މުޝައްޔިރު، ފުރުޝާން ޙުސައިން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވޭތުވެދިޔަ ދިރާސީ އަހަރު އެކިއެކި ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ޓްރޮފީ އާއި އިނާމު ހަވާލުކޮށްދެއްވީ ހަނިމާދޫ ސްކޫލް ޕްރިންސިޕަލް ޢަބްދުﷲ ނާހިދު އާއި ކުމުންދޫ ސްކޫލް ޕްރިންސިޕަލް މުޙައްމަދު އާދަމްގެ އިތުރުން ކުމުންދޫ ކައުންސިލް ރައީސް އަމީން މުޙައްމަދު، ކުމުންދޫ ކައުންސިލް ނައިބު ރައީސް ޢަލީ އަންވަރު، ކުމުންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓްއިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ޢަބްދުލް ވާޙިދު، ކުމުންދޫ ސްކޫލް އިސްލާމް މުދައްރިސް އައްޝައިޚު ޢަބްދުލް ޙަމީދު ޔޫސުފް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355