އިބްރާހިމް ހަމީދު
ކުޅުދުއްފުށީ ޑީއާރުޕީ ގޮފީގެ މެމްބަރަކު އިތުރު 50 މީހުންނާއެކު އެމްޑީޕީ އަށް ސޮއި ކޮށްފިއެވެ. ކުޅުދުއްފުށީ ޝީނިޔާޒް ޢާދަމް ޝަރީފް އެމްޑީޕީއަށް ސޮއި ކުރުން އޮތީ ރޭ އަތޮޅުގޭގައި ކުރިއަށްދިޔަ އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގެ ތެރޭގައެވެ.
ޑީއާރުޕީގައި ހަރަކާތްތެރިކޮށް އުޅެފައިވާ ޢާދަމް ޝަރީފް އެމްޑީޕީއަށް ސޮއި ކުރިއިރު، އޭނާ ވަނީ ޑީއާރުޕީން ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަކޮށްފައެވެ. ކުޅުދުއްފުށީގެ 50 މީހުންނާއެކު އިއްޔެ އެމްޑީޕީއަށް ސޮއި ކުރުމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާއާއި ކުޅުދުއްފުށީ އެމްޑީޕީގެ އިސް ހަރަކާތްތެރިންގެ އިތުރުން ރައީސް އޮފީހުގެ އިސްވެރިންނާއި މާޝިއަލް އިންޓަނޭޝަނަލް ގެ އިސްވެރިންވަނީ ބައިވެރިވެފައެވެ.
އެމްޑީޕީގެ ކެމްޕޭންގައި ހަރަކާތްތެރި ވަމުންދާ މާޝަލް އިންޓަނޭޝަނަލް އަކީ އަޕަރ ނޯތް ޔުޓިލިޓީޒް ކޯޕަރޭޝަން ލިމިޓެޑާއެކު ޖޮއިންޓް ވެންޗަރ ހަދާފައިވާ ބައެކެވެ.