twitterviber whatsapp telegramfacebookyoutube instagram
7th June 2026

އުރީދޫ ހަދިޔާފޮށިގެ ނަސީބުވެރިން ހޮވައިފި

Apr 27, 2024

މިއަހަރުގެ ރޯދަމަހު އުރީދޫގެ ކަސްޓަމަރުންނަށް ކުރިއަށްގެންދިޔަ "ހަދިޔާފޮށި"ގެ އިނާމުތައް ހާސިލް ކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.

އުރީދޫގެ މައި އޮފީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި، ހަދިޔާފޮށީގެ އެންމެ ޚާއްސަ އިނާމު އެޕަލް ވިޝަން ޕްރޯ ލިބުނު ފަރާތަށްވަނީ އިނާމް ހަވާލުކޮށްފައެވެ.

އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ވެސް ވަނީ ނަސީބުވެރި ކަސްޓަމަރުންނަށް ހަދިޔާކޮށްފައެވެ. ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމުތަކެއް މިއަހަރުގެ ހަދިޔާފޮށީގައި ހިމަނިފައިވާކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ ސީސީއޯ، ހުސައިން ނިޔާޒް ވަނީ މިއަހަރުގެ ހަދިޔާފޮށީގައި ބައިވެރިވެގެން އިނާމު ހޯދި ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔާފައެވެ.

އަދި މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އައު ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރި ކަމެއްކަން ނިޔާޒު ފާހަގަކުރެއްވިއެވެ. މިއީ އުރީދޫން ހަދިޔާ ފޮށި ހަރަކާތް ކުރިއަށްގެންދިޔަ 2 ވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355