ސަރުކާރުން ފެނަކަ ކުންފުނި އުވާލަން ނިންމަފައިވުމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަނުން ހިދުމަތް ދެމުންދިޔަ ހުރިހާ ރަށެއް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް އެކުންފުނިން ވަނީ ފަށާފަ އެވެ.
ފެނަކައިން ބުނީ އެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އެ ބަދަލާ އެކު އެންމެ ފަހުން ސްޓެލްކޯގެ ދަށަށް ހިދުމަތް ބަދަލުކުރީ ލ. ފޮނަދޫގެ ފެނަކަ ބްރާންޗްއެވެ.
ފޮނަދޫގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުމަށް ފަހު، ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޒްވަރާއި، ކުންފުނީގެ ބައެއް އިސްވެރިން ވަނީ ފޮނަދޫގެ ސްޓެލްކޯ އޮފީހަށާއި، އިންޖީނުގޭގެ އިތުރުން ފެން ޕްލާންޓަށް ޒިޔާރަތް ކުރައްވައި އޮފީހާއި އިންޖީނުގޭގެ އިތުރުން ފެންޕްލާންޓުގެ މަސައްކަތްތައް ދާގޮތް ބައްލަވާލައްވާފައިފައެވެ.




