twitterviber whatsapp telegramfacebookyoutube instagram
18th February 2026

ކުޅުދުއްފުށީގައި ވޯޓާ ތީމް ޕާކެއް ހަދަނީ

Nov 12, 2017

ރާއްޖޭގައި ތިން ސަރަހައްދުގައި ވޯޓާ ތީމް ޕާކު ތަރައްގީކުރަން ނިންމާފައިވާކަމަށާއި އޭގެ ތެރެއިން އެއް ވޯޓާ ތީމް ޕާކު ހަދަން ހަމަޖައްސާފައިވަނީ ކުޅުދުއްފުށީގައި ކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

“އުދުހޭ” ނަމުގައި ޕީޕީއެމްއިން ބާއްވާ ޖަލްސާގައި ވާހަކަދައްކަވަމުން ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ކުޅުދުއްފުށީގައި މިހާރުވެސް ޒުވާނުންގެ ކުރިއެރުމަށް ގިނަ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށެވެ. އެގޮތުން ކުޅުދުއްފުށީގައި އިމާރާތްކުރާ ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސްގެ 70 އިންސަތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ފީފާގެ މިންގަނޑަށް ފެތޭ ޒަމާނީ ފުޓްސަލް ދަނޑެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެމަސައްކަތްވެސް ދާދި އަވަހަށް ނިމިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިރުތިޝާމު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން 76 ފުޓްސަލް ދަނޑު ރާއްޖޭގެ އެކި ރަށްތަކުގައި ގާއިމްކޮށް ނިންމާ، މިހާރުވެސް ރަށްތަކުގައި 110 ފުޓްސަލް ދަނޑުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުގައި ތަފާތު ކުޅިވަރުތަކަށް ހާއްސަ ކޯޓްތަށް ހަދަމުންދާ ކަމަށެވެ. އަދި ކުޅުދުއްފުށީ އެއާޕޯޓްގެ މަޝްރޫއުއާއެކު ގިނަ ޒުވާނުންތަކަށް ވަޒީފާގެ ފުރުސަތު ލިބި، އެއާޕޯޓްގެ ސަބަބުން ސީދާކޮށްނާއި ނުސީދާކޮށް މިސަރަހައްދުގެ ޒުވާނުންނަށް ފައިދާކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355