twitterviber whatsapp telegramfacebookyoutube instagram
23rd July 2025

ކުޅުދުއްފުށީ ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ ޔޫސުފްއަށް

އަބްދުލް ވާހިދު ޙަސަން
Jul 22, 2025

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބާއްވާ 'ކުޅުދުއްފުށީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ' ފަހުރުވެރި އެއްވަނަ އަލްމަސާރު އެކަޑެމިކް ސެންޓަރުގެ، ޔޫސުފް ބިން އަހުމަދު މުފީދު ހޯދައިފި އެވެ.

ކުޅުދުއްފުށީގެ ސްކޫލުތަކަށާއި ޤުރުއާން ކުލާސްތަކަށް އަދި ކޮލެޖް/ޔުނިވާސިޓީގެ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ތިން ސްކޫލަކާއި 7 ގުރުއާން ކުލާހެއްގެ އިތުރުން ޔުނިވާސިޓީއަކުން ޖުމްލަ 199 ދަރިވަރުން ވާދަކުރި އެވެ.

މި މުބާރާތުގެ އިނާމުދިނުމަށް މިއަދު ހަވީރު ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ދެ ގޮފިން އެއްކޮށް މުޅި މުބާރާތުން އެއްވަނަ ހޯދި ޔޫސުފް ބިން އަހުމަދު މުފީދަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ މުހައްމަދު އުމަރެވެ.

އެއްވަނަ ލިބުނު ދަރިވަރަށް ވަނީ ދިހަހާސް ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން މުބާރާތުގެ ކޯ ސްޕޮންސަރގެ ފަރާތުން ހުށަހަޅާފައިވާ ޢުމްރާ ދަތުރެއްވެސް ލިބިފަ އެވެ.

މުޅި މުބާރާތުން ދެވަނަ ދެ ދަރިވަރަކު ހާސިލުކުރި އެވެ. އެއީ ޖަލާލުއްދީން ސްކޫލްގެ މުހައްމަދު ފާއިޤް ހުސެއިން ފަހުމީ އާއި އަފީފުއްދީން ސްކޫލްގެ އަލްޔަސް އަނަސް ހުސެއިން އެވެ. މުބާރާތުން ތިންވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ދަރިވަރު ހައްވާ ނޫރާ މުހައްމަދެވެ.

މުބާރާތުގެ އެންމެ މޮޅު ސްކޫލުގެ މަގާމު އަފީފުއްދީން ސްކޫލް ހޯދިއިރު އެންމެ މޮޅު ޤުރުއާން ކުލާހުގެ މަގާމު ހޯދީ އަލްމަސާރު އެކަޑެމިކް ސެންޓަރެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު 10 ދަރިވަރުން:

  • އަލްޔަސް އަނަސް ހުސެއިން – އަފީފުއްދީން ސްކޫލް
  • މުހައްމަދު ފާއިޤް ހުސެއިން ފަހުމީ – ޖަލާލުއްދީން ސްކޫލް
  • ޔޫސުފް ބިން އަހުމަދު މުފީދު – އަލްމަސާރު އެކަޑަމިކް ސެންޓަރު
  • ހައްވާ ނޫރާ މުހައްމަދު – ޖަލާލުއްދީން ސްކޫލް
  • އިބުރާހިމް މަލްސޫން މުހައްމަދު – ޖަލާލުއްދީން ސްކޫލް
  • އީލާފު ބިން އަބުދުﷲ ރަޝީދު – އަލްމަސާރު އެކަޑެމިކް ސެންޓަރު
  • ޝިޢުރީ ބިންތް އަބުދުﷲ ޝާހީން – އަފީފުއްދީން ސްކޫލް
  • އީވާ އިބުރާހިމް ރަޝީދު – ޖަލާލުއްދީން ސްކޫލް
  • އައިޝަތު މާއިން މުނާޒު އަހުމަދު – ބަޝާއިރުލް ޤުރުއާން
  • ސާލިމް އާދަމް – ޞިޔާއުލް ޤުރުއާން

މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފި:

  • އެއްވަނަ: ޔޫސުފް ބިން އަހުމަދު މުފީދު / އަލްމަސާރު އެކަޑެމިކް ސެންޓަރު
  • ދެވަނަ: ލޫތު އަބުދުﷲ / ޖަލާލުއްދީން ސްކޫލް
  • ތިންވަނަ: ނަބްހާން ހަސަން ހަބީބް / ޖަލާލުއްދީން ސްކޫލް

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފި:

  • އެއްވަނަ: މުހައްމަދު ފާއިޤް ހުސެއިން ފަހުމީ / ޖަލާލުއްދީން ސްކޫލް
  • އެއްވަނަ: އަލްޔަސް އަނަސް ހުސެއިން / އަފީފުއްދީން ސްކޫލް
  • ދެވަނަ: ހައްވާ ނޫރާ މުހައްމަދު / ޖަލާލުއްދީން ސްކޫލް
  • ތިންވަނަ: އިބުރާހިމް މަލްސޫން މުހައްމަދު / ޖަލާލުއްދީން ސްކޫލް

މުބާރާތުގައި ކީ ސްޓޭޖްތަކުން ދެ ގޮފިން ވަކިން ވަނަތައް ހޮވައި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދީފައިވެ އެވެ. މި މުބާރާތް އަންނަ އަހަރުވެސް އޮންނާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. މިއަހަރުގެ މުބާރާތް ފުރިހަމަކުރުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއްކޮށްފައިވެ އެވެ. އެގޮތުން މިއަހަރުގެ މުބާރާތް އޭސީކޮށްފައިވާ ހޯލެއްގައި ކުރިއަށްގެންދިޔައިރު މުބާރާތުގެ ފެންވަރުމަތިކުރުމަށް ރާއްޖޭގައި ފާހަގަކޮށްލެވޭ ކުޅަދަނާ ގާރީން ފަނޑިޔާރުގެ ގޮތުގައި ގެނެސްފައިވާކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355