twitterviber whatsapp telegramfacebookyoutube instagram
5th August 2026

9 މީހެއްގެ ކަކުލުހުޅު ބަދަލުކޮށްފި، އޮޕަރޭޝަންތައް ކާމިޔާބު: ކޭއާރުއެޗް

އަބްދުލް ވާހިދު ޙަސަން
Jul 20, 2025

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ ސަރޖަރީތަކެއް ކާމިޔާބުކަމާއެކު ކޮށްފިއެވެ.

ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެން ކުރިއަށްގެންދިޔަ މި ކޭމްޕްގައި 11 ސާރޖަރީއެއް ކޮށްފައިވެ އެވެ. މި ކޭމްޕް ކުރިއަށްގެންދިޔައީ މިމަހު 16-19 އަށެވެ.

'ޓޯޓަލް ނީ ރިޕްލޭސްމަންޓް (ޓީކޭއާރު) ސަރޖަރީ ކޭމްޕް'ގެ ނަމުގައި ބޭއްވި މި ކޭމްޕްގައި 11 ސާރޖަރީއެއް ކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 7 މީހެއްގެ އެއް ކަކޫ އާއި ދެ މީހެއްގެ ދެ ކަކުލު ހުޅު ބަދަލުކުރުމެވެ.

މިކޭމްޕްގައި ލީޑްކުރެއްވީ ހުޅުމާލެ ހޮސްޕިޓަލުގެ ސަރޖަރީ ޑިޕާޓްމަންޓްގެ އިސްވެރިޔާ އަދި އޯތޯޕީޑިކްސް ދާއިރާގެ ކޮންސަލްޓަންޓް ޑރ. އަހުމަދު އާޒިމެވެ.

މާލޭ ސަރަހައްދުގެ ހޮސްޕިޓަލުތަކާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލްގައި ދޭތެރެ ދޭތެރެ އަންނަނީ ކަކުލު ހުޅު ބަދަލުކުރުމުގެ ކޭމްޕްތައް ބާއްވަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ އެ ފަދަ ސާރޖަރީތައް ކުޅުދުއްފުށީގައި ކުރަން ފެށީ 2019 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355