ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައިސަލް އާއި މާލޭގެ މޭޔަރު އާދަމް އާޒިމް ގުޅިގެން ނުކުންނެވުމަށް ވަނީ ނިންމައިފަ އެވެ.
ގައުމީ މަޖިލިހުގެ އިންތިހާބުގައި ފައިސަލްގެ ޓީމުން ނެރޭ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ރޭ ބޭއްވި ބައްދަލުވުމަކަށް ފަހު ސަންގު ޓީވީ އާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ފައިސަލް ވާދަ ކުރަން ނިންމެވީ އެ މަނިކުފާނާ މަޝްވަރާ ކުރައްވާފައި ކަމަށެވެ.
އިބޫ ފައިސަލް އަށް ތާއީދު ކޮށްފައިވާ އިރު އަނެއްކޮޅުން ނަޝީދުގެ ތާއީދާއެކު ވާދަ ކުރައްވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.




