twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގައި އަލަށް ހަދައި ބަނދަރުގެ އަމަލީ މަސައްކަތް މެއިމަހު ފަށާނެ: މުއިއްޒު

Nov 13, 2017

ވެލިގަނޑު ސަރަހައްދުގައި ތަރައްގީކުރާ ބަނދަރުގެ އަމަލީ މަސައްކަތް އަންނަ މެއިމަހުގެ ތެރޭގައި ފެށޭނެކަމަށް ހައުންސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

” އުދުހޭ ” ނަމުގައި ޕީޕީއެމްއިން ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހަދައި އެންމެ ތަނަވަސް އަދި ބޮޑު ބަނދަރުގެ މަސައްކަތް އަންނަ މެއިމަހުގެ ތެރޭގައި ކުޅުދުއްފުށީގައި ހަދަން ފަށާނެ ކަމަށެވެ.

1100 ދިގު 500 ފުޅާ މި ބަނދަރުގެ މަސައްކަތް ކުރައްވަނީ ބޭރުގެ ހިލޭ އެހީ ހޯދައިގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއީވެސް ކުޅުދުއްފުށީ ރައްޔިތުންނާ މެދު ރައީސް ބަހައްޓަވާ ހާއްސަކަން އަންގައިދޭކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ކުޅުދުއްފުށީގައި ހަދަން ހަމަޖެހިފައިވާ ބަނދަރަކީ އާދައިގެ ބަނދަރެއް ނޫން ކަމަށާއި ބަނދަރު ބޭރު ތޮށީގައިވެސް އޮޑި ދޯނި ފަހަރު އެޅޭގޮތަށް ވަރަށް ފުރިހަމައަށް ހަދައި ބަނދަރެއް ކަމަށެވެ. އަދި ބަނދަރުގެ އަރިމަތީ ތޮށީގައިވެސް ޖެޓީތަކެއް ލެވިފައި ހުންނަ ވަރަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިގެންދާ ބަނދަރެއްކަން މިނިސްޓަރު ވިދާޅުވި އެވެ.

ބަނދަރުގައި ޒަމާނީ ފެންވަރުގެ ފެރީ ޓާމިނަލެއް ހަދަން ހަމަޖެހިފައިވާއިރު އެތަނުގައި ތަފާތު ވިޔަފާރިތަށް ކުރެވޭގޮތަށް ހަމަޖެހިފައިވާނެ ކަމަށެވެ. އަދި ބަނދަރުން ބަލަހައްޓާނެ ގޮތާއި ބަނދަރުން ނަފާ ހޯދާނެ ގޮތުގެ ތަމްރީންވެސް ކަމާ ބެހޭ ފަރާތްތަކަށް ދޭނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355