twitterviber whatsapp telegramfacebookyoutube instagram
25th May 2025

އެއާޕޯޓް މަޝްރޫއު މެދުނުކެނޑި ކުރިއަށްގެންދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

Nov 13, 2017

އެއާޕޯޓްގެ މަޝްރޫއުގެ މަސައްކަތް ނުހުއްޓި ކުރިއަށްގެންދިއުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މަހާ ޖައްރާފު އަދި ކުޅުދުއްފުށީ އެއާޕޯޓް ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެމްބަރު ނަޝީދު ވިދާޅުވީ މިމަޝްރޫއު ނުހުއްޓި ކުރިއަށްގެންދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެހެންކަމުން މަޝްރޫއު ނިންމެންދެން ނުހުއްޓިކުރިއަށްގެންދަވާދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވި އެވެ.

“މީހުންގެ ވާހަކައަކީ މަހާ ޖައްރާފު އައިސް ކުޅި ހިއްކަފާނެ. އެތާކު ކަމެއް ނުކުރާނެއޭ. އަޅުގަނޑު އެދޭ އެދުމަކީ މިވިސްނުން ބަދަލުކުރުމަށްޓަކާ އަޅުގަނޑުމެން ކެނޑިނޭޅި އެއް ހަރުފަތުން އަނެއް ހަރުފަތަށް ކުރަން ހުރި މަސައްކަތް ކުރުން” ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންނަށް އަބަދުވެސް އެއާޕޯޓްގެ މަޝްރޫއު ނިމެންދެން މަސައްކަތް ހިނގާތަން ފެނުން، އެއީ ހުރިހާ ރައްޔިތުންގެވެސް އެދުމެއްކަމަށް މެމްބަރު ނަޝީދު ފާހަގަކުރެއްވި އެވެ.

ސިޔާސީ ވިސްނުމުގެ ގޮތުން ތަފާތު ބޭފުޅުންކަމުގައި ވީނަމަވެސް މިމަސައްކަތުގައި ސަރުކާރާއެއް ފިޔަވަޅެއްގައި ކުޅުދުއްފުށީ ކައުންސިލް މެމްބަރުންވެސް އެގެންދަވަނީ ހިންގަވަމުންކަމަށާއި މިދަނޑިވަޅުގައި ކައުންސިލަރުން ނިމި ނިންމުމަކީ ވަރަށް ހަރުދަނާ ނިންމުމެއް ކަމަށެވެ. އަދި އެކަން ކައުންސިލު މެމްބަރުން ދިފާއުކުރައްވާ ކަން ނަޝީދުވަނީ ފާހަގަކުރައްވާފަ އެވެ.

ކައުންސިލަރުންނަށް އިޝާރާތްކުރައްވާ މެމްބަރު ނަޝީދު ވިދާޅުވީ އެބޭފުޅުންގެ ޕާޓީގެވެސް މައިގަނޑު ވިސްނުމާ ހިލާފަށް ރަށުގެ ތަރައްގީއަށް އިސްކަންދީފައިވާ ކަމަށެވެ. އެއީ ކުޅުދުއްފުއްޓަށް މުހިންމު އިގްތިސާދީ ޕްރޮޖެކްޓަކަށްވުމުންނާއި ކުޅުދުއްފުށީ ކޮންމެ ރައްޔިތަކަށް އެޕްރޮޖެކްޓް މުހިންމު ވާތީ އެކަމަށް ކުރާ ގަދަރަކާއި އިހްތިރާމެއްގެ ސަބަބުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355