twitterviber whatsapp telegramfacebookyoutube instagram
18th February 2026

ދިރާގުން ފިކްސްޑް ބްރޯޑްބޭންޑްގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

Nov 13, 2017

އެންމެ ހަލުވިކޮށް އިންޓަނެޓް ފޯރުކޮށްދޭ ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި އިއްޔެ އިން ފެށިގެން 31 ޑިސެމްބަރ 2017 ގެ ނިޔަލަށް ދެމިގެންދާ މި ޕްރޮމޯޝަނުގައި ފައިބަރ ކަނެކްޝަނާއި އޭޑީއެސްއެލް ހިލޭ ގުޅައިދޭނެ ކަމަށެވެ. އަދި 3 މަސްދުވަސް ވަންދެން ނަނގާ ކޮންމެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 17 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައި އެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތިހުރިހާ ރަށަކުން ލިބޭއިރު ދިރާގުގެ ފައިބަރ ބްރޯޑްބޭންޑްގެ ދަށުން ލިބެން ހުންނަ ސްޕީޑްތަކަކީ 5 ، 10 ، 15، 25، 50 އަދި 100 އެމްބީޕީއެސްއާއި ހަމައަށް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355