twitterviber whatsapp telegramfacebookyoutube instagram
19th March 2024

ކުޅުދުއްފުށި ސިޓީއަކަށްވުމަށް ބޭނުންވަނީ 180 މީހުން: ނަޝީދު

Nov 13, 2017

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވުމަށް މިރަށުގެ ދަފުތަރަށް މަދުވަނީ 180 މީހުން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ވިދާޅުވީ ސިޓީއަކަށް ބަދަލުވުމަށް ބޭނުންވާ އިތުރު 180 ރައްޔިތުން ކުޅުދުއްފުށީގެ ދަފުތަރުގައި ރައްވެހިންގެ ގޮތުގައި ޖެހުން ކަމަށެވެ. އެހާ ހިސާބުން ގާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތަށް ފުރިހަމަކުރެވި ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުކުރުމަށް ހުށަހެޅުމަށް ކުަރްނޖެހޭ މަސައްކަތްކުރުމަށް މަގު މަހިވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ ތެރޭއިން ވަރަށް ގިނަ މީހުން ދައްކާ ވާހަކައެއް އެއީ ކޮންއިރަކުހޭ ސިޓީއަކަށް ވަނީ ހަމައެކަނި ހުރަހަކީ 180 މީހުން ކުޅުދުއްފުށީގެ ރައްވެހިންގެ ގޮތުގައި ރަޖިސްޓްރީ ވެގެން ދިއުން. އޭރުން އަޅުގަނޑުމެން ސިޓީއަކަށް ބަދަލުވުމަށް ކުރަން ޖެހޭ ކަންތައް ކުރެވޭނެ” ނަޝީދު ވިދާޅުވި އެވެ.

ދުރު ނޫން މުސްތަގުބަލެއްގައި ކުޅުދުއްފުށީ، ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެން ދިއުމަކީ ކުޅުދުއްފުށީ ރައްޔިތުން ތެރެއިން ގިނަ ބަޔަކު ދެކޭ ހުވަފެނެއް އަދި އުންމީދެއް ކަމަކަށެވެ.

ޕީޕީއެމް ރޭ ކުޅުދުއްފުށީގައި ބޭއްވި “އުދުހޭ” ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ މިރަށުގައި މިހާރު ހަދަމުންދާ 18 މަގާ ގުޅިގެން އިތުރު މަގުހެދުމުގެ ފިޔަވައްސެއް މުހިއްމުވާ ކަމަށެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް އިންޑިޔާގެ ނިމްސްއާ ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ނާޒިމް ދެއްވި ތާރީހުތަކުގައިވާ ގޮތަށް އާ ހިދުމަތްތަކެއް ވީހާވެސް އަވަހަކަށް ލިބިގެންދިއުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.

“އުންމީދަކީ މިނިސްޓަރު ނާޒިމް އެދުވަހު ތާރީހުތަކެއް ދެއްވާ އެ ވިދާޅުވިގޮތަށް އެކި އެކި އާ މަސައްކަތްތަށް ހޮސްޕިޓަލުގައި ފެށި އާ ޑިޕާޓްމަންޓްތަށް އުފެދި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ މެނޭޖްމަންޓާއެކު އާ ހިދުމަތްތަށް ސަރަހައްދުގެ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ލިބޭ ލިބޭގޮތްވުން، މިހާރުވެސް ބަދަލުތަށް ދަނީ ފެންނަމުން” މެމްބަރު ނަޝީދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355