twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި އެއާޕޯޓެއް ނާޅާނެ، އެއީ އަޅުވާ އަނދުނެއް: އެމްޑީޕީ

Nov 13, 2017

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމުގެ ދަޅަ ދެއްކެވިނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓެއް ނާޅާނެ ކަމަށާއި ސަރުކާރުގެ މަގްސަދަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ މަންޒަރު ދައްކައި ރަށުގެ ރައްޔިތުންގެ ލޮލުގައި އަނެއްކާވެސް އަނދުނެއް އެޅުވުން ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެޕާޓިން އިއްުޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ 2 އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި އެއަރޕޯޓެއް އަޅާނެ ކަމަށް 2013 ގެ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް ޔާމީން ވައުދުވެފައިވީ ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުގެ ހަތަރު އަހަރު ފާއިތުވެގެންދާއިރު އެކަން ނުކުރައްވާ ކަމަށެެވެ.

މީގެ އިތުރުން ރައީސް މި ސަރުކާރުން ކުޅުދުއްފުށީގައި އެއަރޕޯޓެއް ނާޅާނެ ކަމަށާއި މި ސަރުކާރުން ދިވެހިރައްޔިތުންނަށް މިފަދަ ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުން ގެންދާކަމީ މިޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އަދި ރައްޔިތުންނާމެދު އެފަދަ ޢަމަލުތައް ހިންގުން ހުއްޓާލުމަށް އެ ޕާޓީން ގޮވާލާކަމަށްވެސް ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އެމްޑީޕީން ތަރައްގީގެ ޕްލޭންތައް އެކުލަވާލަމުން އަބަދުވެސް ގެންދަނީ ރައްޔިތުންގެ ވިންދާއި އިހްސާސްތައް ދެނެގަނެ އެރައްޔިތުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ހާސިލުކުރެވޭނޭ ވިސްނުމުގައި ކަމަށާއި ވަކިން ހާއްސަކޮށ ރަށްރަށުގެ ތަރައްގީގެ ޕްލޭންތައް އެކުލަވާލާނީ އެރަށްރަށުގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަވެސް އެ ޕާޓީން ބުނެފައި ވެއެވެ.

އެގޮތުން ކުޅުދުއްފުށީގެ ތަރައްޤީގެ ތަސައްވަރެއް އެ ޕާޓީގައި އެބަ އޮތް ކަމަށާއި ކުޅުދުއްފުށްޓަކީ ރާއްޖޭގެ އުތުރުގެ އެންމެ ބޮޑު އާބާދީއަށް ވެފައި މިޕާޓީގެ ތަރައްގީގެ ޕްލޭންގައި ކުޅުދުއްފުށްޓަކީ ރާއްޖޭގެ އުތުރުގެ އިގްތިސާދީ ނާރެސް ކަމުގައި ވުމުން ކުޅުދުއްފުށީގެ ދަތުރުފަތުރުގެ ވަސީލަތް ތަރައްގީ ކުރުމަކީ ކުޅުދުއްފުށްޓަށް މިޕާޓީން އެކުލަވާލާނޭ ތަރައްގީގެ ޕްލޭންގެ މައިގަނޑު އެއް ބައެއް ކަމަށެވެ. އަދި އެޕާޓީގެ އެތަސައްވުރު ކުޅުދުއްފުށީގެ ތަރައްގީގެ ޕްލޭންގެ ގޮތުގައި ކުރެހިގެންދާނީ ކުޅުއްދުއްފުށީ ރައްޔިތުންގެ އާނ ބަހާއެކުގައި ކަމުގެ ޔަގީންކަން އަރުވާކަމަށާއި ކުޅުދުއްފުށީގެ ރައްޔިތުންގެ ވައިގެ ގުޅުން ގާއިމުކޮށްދޭނީ ކުޅުދުއްފުށީ ރައްޔިތުން އެދޭ ގޮތަށް ކަމުގައި ދަންނަވާ ކަަމަށްވެސް އެ ބަޔާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355