twitterviber whatsapp telegramfacebookyoutube instagram
22nd July 2025

ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެ: މެޓް އޮފީސް

Nov 15, 2017

މިއަދު ހެނދުނު 10:00 ން މާދަމާގެ ހެނދުނު 10:00 ށް ރާއްޖޭގެ އެކިހިސާބަށ ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ރާއަތޮޅާއި ލާމުއަތޮޅާއި ދެމެދުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށާއި ވައިޖެހޭނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އުތުރުގައި މަޑުވާނެ ކަމަށާއި އެހެންހިސާބުތަކުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އެގޮތުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355