twitterviber whatsapp telegramfacebookyoutube instagram
25th May 2025

ޗެމްޕިއަން ޓީމަށް 25000ރ ދޭ ފުޓްބޯޅަ މުބާރާތެއް ނޭކުރަންދޫގައި ބާއްވަނީ

Nov 20, 2017

ޗެމްޕިއަން ޓީމަށް 25000ރ ދޭ ފުޓްބޯޅަ މުބާރާތެއް ހދ ނޭކުރަންދޫގައި ބާއްވަން އިއުލާންކޮށް، ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ނޭކުރަންދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑެކަގަން ސްޕޯޓްސް ކުލަބަށް 10 އަހަރުން ފުރުން ފާހަގަކޮށް ބާއްވާ މިމުބާރާތަކީ މިހާތަނަން އެރަށުގައި ބާއްވާ އެންމެ އަގު ބޮޑު މުބާރާތެވެ.

ނޭކުރަންދޫގެ ޓީމުތަކުގެ އިތުރުން މިއަހަރުގެ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހދ އަތޮޅުގެ އެހެން ރަށްތަކަށާއި ށ އަތޮޅުގެ ރަށްތަކަށްވެސް ވަނީ ހުޅުވާލާފަކަމަށް ޑެކަގަން އިން މައުލޫމާތު ދެ އެވެ.

ބައިވެރިވުމަށް މިމަހުގެ 30 އަށް ހުޅުވާލާފައިވާއިރު މިހާރުވެސް 8 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ނޭކުރަންދޫގެ 4 ޓީމަކުންނާއި އަތޮޅުގެ ތިން ޓީމެއް އަދި ށ އަތޮޅުގެ ޓީމެކެވެ.

ޑިސެމްބަރު 10 ގައި ފަށަން ތާވަލްކޮށްފައިވާއިރު މިމުބާރާތުގައި މެއިން ސްޕޮންސަރަކީ ނާސާލިންކް ޕްރައިވެޓް ލިމިޓެޑެވެ.

53،000 ރ ގެ ފައިސާ އިނާމު ހުށަހެޅިފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ، ރަނަރަޕް ޓީމަށް 18،000ރ އަދި ތިންވަނަ ޓީމަށް 10،000ރ ގެ ފައިސާ އިނާމު ހުށަހެޅިފައިވެ އެވެ. އަދި ފެއަރ ޕްލޭ ޓީމަށާއި މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ރަށުން ބޭރު އެންމެ މޮޅު ފަސް ކުޅުންތެރިންވެސް ވަނީ ހޮވަން ހަމަޖެހިފަ އެވެ.

ޑެކަގަން ސްޕޯޓޯސް ކުލަބަކީ އެރަށުގެ ކުޅިވަރު ހަރަކާތްތަކާއި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ކުލަބެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355