twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގައި ބާއްވާ “ޔުނިޓީ ރަން” މިއަހަރުވެސް އޮންނާނެ

Nov 22, 2017

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ ރެޑްކުރެސެންޓް އިސްނަގައިގެން ބާއްވާ “ޔުނިޓީ ރަން” މިއަހަރު ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ދިރާގުން ސްޕޮންސަރކޮށްފައިވާ މިދުވުން މިއަހަރުވެސް އޮންނާނީ ޑިސެމްބަރު 26 ވަނަ ދުވަހުގެ ހަވީރު، ކުޅުދުއްފުށީގަ އެވެ.

ރެޑްކްރެސެންޓް ހދ ގޮފީގެ ކޯޑިނޭޓަރ އަހުމަދު އަބްދުﷲ ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ މި ދުވުމަކީ ކުރިމަތިވެދާނެ ހާދިސާއަކަށް ތައްޔާރުވުމަށް ފަންޑު ހޯދުމަށާއި ދުޅަހެޔޮ ސިއްހަތާއި ކަސްރަތުކުރުމަށް ހޭލުންތެރިކުރުން އަދި ކާރިސާއެއް ދިމާވެއްޖެނަމަ ރައްޔިތުންގެ އެއްބައިވަންތަކަމުގެ މުހިއްމުކަން ހާމަކޮށްދިނުން ބާއްވާ ދުވުމެއް ކަމަށެވެ.

ހުރިހާ އުމުުރު ފުރާއަކަށް ހުޅުވާލައިގެން ބާއްވާ މި ދުވުން އޮންނާނީ 26 ޑިސެންބަރު ވާ އަންގާރަދުވަހު އެވެ. މިއަހަރު ދުވުން ކުރިއަށްދާނީ ދެ ޖިންސަށް ވަކިން ބަހާލައިގެންނެވެ.

(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = 'https://connect.facebook.net/ja_JP/sdk.js#xfbml=1&version=v2.11'; fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk'));

UNITY RUN 2017 expenses sponsored by DhiraaguLets join the run and unite to raise – funds for disaster risk reduction…

Maldivian Red Crescent HDh Branchさんの投稿 2017年11月22日(水)

އަންހެން އެއްވަނަ ދުވުންތެރިޔާ އާއި ފިރިހެން އެއްވަނަ ދުވުންތެރިޔާ ހޮވާގޮތަށް ހަމަޖެހިފައިވާއިރު ދެ ޖިންސް ވަކިން އެންމެ އަވަހަށް ނިންމާ 10 ދުވުންތެރިޔަކު ހޮވާނެ އެވެ.

ދުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ނަންނޯޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު  7938817 ނަމްބަރަށް ގުޅައިގެން އިތުރު މައުލޫމާތު ހޯދޭނެ އެވެ. މި ދުވުމުގައި ބައިވެރިވެވޭނީ 100ރ ގެ ބިބެއް ބައްލަވައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355