twitterviber whatsapp telegramfacebookyoutube instagram
28th March 2024

އެމްއެންޑީއެފުން އުތުރުގެ 11 ރަށެއްގައި ސައިލެންޓް ޑްރިލްގެ ހަރަކާތްތައް ދައްކާލައިފި

Nov 28, 2017

ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން އުތުރުގެ 11 ރަށެއްގައި ބޭއްވި ސައިލެންޓް ޑްރިލްގެ ހަރަކާތްތައް މިއަދު ނިންމާލައިފި އެވެ.

އާންމު ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ސައިލެންޓް ޑްރިލް ހަރަކާތްތައް ބާއްވާފައި ވަނީ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެގޮތުން އެންއެންޑީއެފްގެ ސައިލެންޓް ޑްރިލް ޓީމު ސައިލެންޓް ޑްރިލް ހަރަކާތްތައް ބާއްވާފައި ވަނީ ހއ.އުތީމު، ހއ.ދިއްދޫ، ހއ. ބާރަށް، ހއ. އިހަވަންދޫ، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ، ހއ. ހޯރަފުށީގެ އިތުރުން ހއ. ކެލާ، ހދ. މަކުނުދޫ އަދި ށ. ކޮމަންޑޫ، އާއި ށ.މިލަންދޫގަ އެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ސައިލެންޓް ޑްރިލްގެ ހަރަކާތްތައް ދައްކާލުމަށްޓަކައި ސައިލެންޓް ޑްރިލް ޓީމް އުތުރުގެ ބައެއް ރަށްރަށަށް ކުރި މި ޒިޔާރަތުގައި އެ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން އެ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ހާއްސަ ގޮތެއްގައި ރަށްރަށުގެ ކައުންސިލުތަކުން ވަނީ އެމްއެންޑީއެފްގެ ސައިލެންޓް ޑްރިލް ޓީމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދީފަކަމަށް އެމްއެންޑީއެފް ފާހަގަކުރެއެވެ.

އެމްއެންޑީއެފް ސައިލެންޓް ޑްރިލް ޓީމު އެމްއެންޑީއެފް ނޮދަން އޭރިއާގެ ބައެއް ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި އެޓީމުގެ މެމްބަރުން ވަނީ ބައެއް ރަށްރަށުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބި ގޭގެއަށް ޒިޔާރަތްކޮށް އެކުދިންނާ ބައްދަލުކޮޮށް ފޮޓޯ ނެގުމުގެ ފުރުސަތު ދީފައެވެ. އެގޮތުން ދިއްދޫ އަދި އިހަވަންދޫއަށް ކުރި ޒިޔާރަތުގައި އެރަށްރަށުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބި ގޭގެއަށް ސައިލެންޓް ޑްރިލް ޓީމު ޒިޔާރަތްކޮށްފައި ވެއެވެ.

ޤައުމީ ދުވަހާ ގުޅިގެން އެމްއެންޑީއެފް ޑްރިލް ޓީމު އުތުރުގެ ބައެއް ރަށްރަށަށް ކުރި ދަތުރުގައި ޤައުމީ ލަވަ ހިމެނޭ ޕެންޑްރައިވްތަކެއް ބައެއް ރަށްރަށުގެ މުއައްސަސާތަކަށް ހަދިޔާކުރިއެވެ.

ސައިލެންޓް ޑްރިލްގެ ހަރަކާތްތަކަކީ އަސްކަރީ ސިފަވަންތަކަމާއި، ސަފުތަކުގެ ބަދަހިކަމާއި އެކުގައި މަސައްކަތްކުރުމުގެ ރޫހު ދައްކުވައިދޭ ހެވިކަމެކެވެ. މި ހެވިކަމުގައި ކޮމާންޑު ދިނުން ނުހިމެނޭ އިރު، ގެމައިގެ ހުރިހާ ހަރަކާތްތައް ކުރަމުން ދާނީ ވަކި ސީކުއެންސަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355