މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މޫސުމް ގޯސްވުމުގެ ސަބަބުން ޖަލާލުއްދީން ސްކޫލުގެ ޓްރޭޑްފެއަރ ފަސްކޮށްފި އެވެ.
މާދަމާ ފަށަން ޝެޑިއުލްކޮށްފައިވާ މި ފެއަރ ފަސްކޮށްފައިވާކަން އެސްކޫލުން ޔަގީންކޮށްދީފައިވީނަމަވެސް އަލުން ބާއްވާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު މުހައްމަދު މިއަދު ވިދާޅުވީ ވިއްސާރަވެ މޫސުމް ގޯސްވުމުގެ ސަބަބުން ޓްރޭޑްފެއަރ ފަސްކޮށްފައިވާކަމަށެވެ. މޫސުމް ރަނގަޅުވުމުން ބާއްވާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ބޮޑު ބަންދާ ދިމާކޮށް ބާއްވާ ވިޔަފާރިވެރިންގެ މިފެއަރ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފެއަރ އެކެވެ. ގިނަ އަދަދެއްގެ މުދާ އެތަންނަކުން ހެޔޮ އަގުގައި ލިބެންހުންނަ މިފެއަރ އަކީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޓްރޭޑްފެއަރ އެވެ.