twitterviber whatsapp telegramfacebookyoutube instagram
15th August 2026

އުތުރުގެ އަތޮޅުތަކަށް އަނެއްކާވެސް ޔެލޯ އެލާރޓް ނެރެފި

Nov 30, 2017

ހއ އަތޮޅުން ފެށިގެން ކ އަތޮޅަށް ޔެލޯ އެލާރޓް ނެރެފި އެވެ.

މެޓް އޮފީހުން ނެރުނު ޔެލޯ އެލާރޓް އެޑްވައިޒަރީގައި ވަނީ މިއަދު 15:00 ން 19:00 އަށް ހއ އަތޮޅުން ފެށިގެން ކ އަތޮޅަށް ޔެލޯ އެލާރޓް ނެރެފައިވާ ކަން ހާމަކޮށްފަ އެވެ.

މެޓް އޮފިހުން ބުނީ ރައްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 50 މޭލަށް ވައިގަދަ ވުން އެކަށީގެން ވާ ކަމަށެވެ.

މީގެ އިތުރުން މިއަދު މެންދުރުވެސް ވަނީ ހއ އަތޮޅުން މ އަތޮޅަށް 11:30 ން 15:00 އަށް ޔެލޯ އެލާޓް ނެރެފައެވެ.

ޔެލޯ އެލާޓް: މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355