twitterviber whatsapp telegramfacebookyoutube instagram
3rd June 2026

މޫސުމް ގޯސްވުމުން ހަނިމާދޫ – ޓްރިވެންޑްރަމް ފްލައިޓް ކެންސަލުކޮށްފި

Nov 30, 2017

މޫސުމް ގޯސްވުމުގެ ސަބަބުން މިރޭ ހަނިމާދޫއިން ޓްރިވެންޑްރަމަށްދާއިން ފްލައިޓް ކެންސަލްކޮށްފި އެވެ.

ރާއްޖޭގެ މޫސުން ގޯސްވުމުން ހަނިމާދޫއިން އިންޑިޔާގެ ޓްރިވެންޑްރަމަށް މިރޭ ދިއުމަށް ޝެޑިއުލްކޮށްފައިވާ މޯލްޑިވިއަންގެ ފްލައިޓް ކެންސަލްކޮށްފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ މޫސުމް ގޯސްވުމުގެ ސަބަބުން ކެންސަލުކުރީ ހަނިމާދޫއިން ޓްރިވެންޑްރަމަށް ދިއުމަށް މިރޭ ޝެޑިއުލްކޮށްފައި އިން ޕްލައިޓްކަމަށެވެ. އެ ފްލައިޓަކީ ކޮންމެ ބުދަ ދުވަހެއްގެ ދަންވަރު ހަނިމާދޫ އިން ޓްރިވެންޑްރަމަށްދާ ޝެޑިއުލް ފްލައިޓެކެވެ.

މިރޭ ފްލައިޓް ކެންސަލު ވިވާހަކަ ފަސެންޖަރުންނަށް މިހާރު އަންގާފައިވާއިރު ދަތުރު އަލުން ކުރާނެ ދުވަހެއް މާދަމާ އަންގާނެކަމަށް މޯލްޑިވިއަން ބުނެފައިވާކަމަށް ބައެއް ފަސިންޖަރުން މައުލޫމާތުދެ އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް ގްރައުންޑް އޮޕަރޭޝަން އަހުމަދު އިބްރާހިމް “މިހާރު” ނޫހަށް ވިދާޅުވި ގޮތުގައި ހދ. ހަނިމާދޫން ޓްރިވެންޑްރަމަށް މިއަދު މެންދުރު ފުރަން އޮތް ފްލައިޓް ކެންސަލްކުރި ކަމަށެވެ. އަދި އެކި ކަނެކްޝަންތަކާ ދިމާވާ ގޮތަށް ބޭރަށް ފުރަން ތިބި މީހުން ވެސް ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355