ކުޅުދުއްފުށީ ބަނދަރު ތެރޭގައި ބާދުޝާހް ބޯޓް ބީހި ،ކުރިއަށް ނުދެވި ގިނަ އިރުތަކެއްވެއްޖެ އެވެ.
ބާދުޝާހް ބޯޓް މާލެއަށް ދިއުމަށްޓަކާ މިރަށުން ނައްޓާލީ 5 ޖަހާއިރު އެވެ. ބަނދަރުތެރޭ ނުނިކުމެވިގެން އުޅެނިކޮށް ބޯޓް ވަނީ ބީހިފައި އެވެ.
ބާދުޝާހް ބޯޓް ހިންގާ ކުންފުނީގެ އޮފިޝަލަކު ބުނީ ބޯޓް ބީހުނީ ދިޔަވަރު ހިކިވުމުގެ ސަބަބުން ކަމަށެވެ. ބަނދަރު ތެރެ ތިލަވެފައިވާކަން ފާހަގަކުރަމުން އޮފިޝަލް ބުނީ މިހާރު ދިޔަވަރު ބޮޑުވަމުން އަންނަކަމަށާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނައްޓާލެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ބާދުޝާހް ބޯޓް ބީހިފަ–
ބޯޓް ބީހިފައި އޮންނަތާ ގާތްގަނޑަކަށް ގަޑިއިރަކަށް ވުރެ ގިނައިރުވެފައިވާއިރު 150 ފަސެންޖަރުން ބޯޓްގައި އެބަތިއްބެވެ.