twitterviber whatsapp telegramfacebookyoutube instagram
23rd July 2025

އާސަންދައިގެ ހިދުމަތްތަކަށް ޕާސްޕޯޓް ކާޑު ބޭނުންކުރެވޭނެ

Dec 4, 2017

މޯލްޑިވްސް އިމިގްރޭޝަނުން ތައާރަފުކުރި ޕާސްޕޯޓް ކާޑަށް އާސަންދައިގެ ހިދުމަތްތައް ލިބޭގޮތަށް އާސަންދަ ކުންފުނިން ނިންމައިފި އެވެ.

އާސަންދަ ކުންފުނި މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެކޭ އެއްގޮތަށް ޕާސްޕޯޓް ކާޑަކީ ވެސް ކާކުކަން އަންގައިދޭ ލިޔުމެއްގެ ގޮތުގައި ބަލައިގަންނަން ސަރުކާރުން ވަނީ ނިންމާފަވުމާއެކު ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ހޯދުމަށްވެސް އައިޑީ ކާޑުގެ ބަދަލުގައި ޕާސްޕޯޓް ކާޑުވެސް ބަލައިގަންނަ ގޮތަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ.

ބައިނަލްއަގުވާމީ ބައެއް ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ވެސް ޕާސްޕޯޓް ކާޑު ބޭނުންކުރެވެ އެވެ. އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަ ކާޑާއި އެލައިޑް އިންޝުއަރެންސްގެ ހިދުމަތްތައް ވެސް އެ ކާޑު ބޭނުންކޮށްގެން ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355