އުރީދޫ ކަލަރ ރަން ޑިސެމްބަރ 8 ވާ ހުކުރު ދުވަހު ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ކޮންމެ އަހަރަކުވެސް، އެ އަހަރެއްގެ އުރީދޫ ކަލަރ ރަންގެ އޮފިޝަލް ޗެރިޓީ ޕާރޓްނަރ އެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ފައިސާގެ އިންސައްތައެއް އެފަރާތަށް ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުވެސް އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މަގުފަހިކޮށްދެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ކަލަރ ރަން ގައި ބައިވެރިވުމަށް، އުރީދޫ އަދި މި ދުވުމުގެ އެންމެހާ ޕަރޓްނަރުން ދައުވަތު އަރުވައެވެ.
މިގޮތުން މިއަހަރު އުރީދޫ ކަލަރ ރަންގެ ޗެރިޓީ ޕާރޓްނަރ އަކީ ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއެވެ.
އުރީދޫ ގެ ކަލާރ ރަން ފަސްކުރީ ތޫފާން އޮކީގެ ސަބަބުން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ތޫފާންގެ އަސަރުކޮށްފައި ވުމާއެކު ކަލަރ ރަންގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ދުވުމަށްޓަކައި ހުޅުމާލެއަށް ދަތުރު ކުރަން ޖެހޭތީ ނުރައްކާތެރި ހާލަތެއް ދިވާވުމުގެ ފުރުސަތު ވީހާވެސް ކުޑަ ކުރުމަށްޓަކައެވެ.