ކޮކާކޯލާއާއި އުރީދޫ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ޖެނުއަރީ 14 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ ރާއްޖެ އިން ކޮކާކޯލާ އަށް ލިބޭ ތަރުހީބު ފާހަގަކޮށް، ދިވެހިންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ރަން ކުލައިގެ މަތިގަނޑުގައި ބަންދުކޮށްފައިވާ 300 އެމްއެލް، 500 އެމްއެލް އަދި 1250 އެމްއެލްގެ ކޮކާކޯލާ ފުޅީގެ މަތިގަނޑު ދަށުގަ ޖަހާފައިވާ ކޯޑުންނެވެ. އެ ކޯޑު ހުށަހަޅަން ޖެހޭނީ އުރީދޫ އެމްފައިސާ އެޕްލިކޭޝަނުންނެވެ.
ކަސްޓަމަރުންނަށް ތަފާތު އިނާމުތަކެއް ހުށައަޅައިފަވާ މި ޕްރޮމޯޝަންގައި އުރީދޫގެ “އެމްފައިސާ ކޭޝް ބެކް” ފަދަ ގިނަ އިނާމުތައްވެސް ހިމެނެ އެވެ.
ކޮކާކޯލާއިން އަންނަނީ ފިޒީ ޑްރިންކްތަކުގެ އިތުރުން މިނެޓް މެއިޑް ފަދަ ޖޫސްތައް ވެސް ރާއްޖޭގައި ވިއްކަމުންނެވެ.