މިއަދު ކުޅުދުއްފުށީ ހޮސްޕިޓަލުން ޑިސްޖާރޖް ކުރި ބަލިމީހުންގެ ޑިސްޖާރޖް ފޯމުގައި ސޮއިކުރާނެ ޑޮކްޓަރުން ނެތިގެން ބަލި މީހުންނަށް ގެއަށް ނުދެވި ލަސްވަމުންދާކަމަށް އެފަރާތްތަކުން ބުނެފިއެވެ.
އެޑްމިޓްކޮށްފައި ތިބި ބައެއް ބަލި މީހުން މިއަދު ހެނދުނު ދޫކޮށްލާފައިވީނަމަވެސް ޑިސްޗާޖް ފޯމްގައި ސޮއެކުރާނެ ޑޮކްޓަރެއް ނެތުމުން ގެއަށް ދެވޭނީ ހަވީރު ޑޮކްޓަރެއް އައުމުން ކަމަށް ހޮސްޕިޓަލުން އެމީހުންނަށް އަންގާފައިވާކަމަށް ބައެއް މީހުން މިނޫހަށް މައުލޫމާތުދީފައިވެ އެވެ.
މިއަދު ޑިސްޗާޖްކޮށް ދޫކޮށްލާފައިވަނީ ކިތައް ބަލިމީހުން ކަމެއް ސާފުވާގޮތް ވަނީ ނުވެފައެވެ.
ރަސްމީ ގަޑި ފިޔަވާ އެހެން ގަޑިތަކުގައި އޯޕީޑީގައި ޑޮކްޓަރެއް ނުއިންނަކަމަށް ބުނެ ބައެއް ފަރާތްތަކުގެ ޝަކުވާކުރަމުންދާއިރު މިކަމާ ބެހޭގޮތުންވެސް ހޮސްޕިޓަލުގެ ބަހެއް ވަނީ މިއަދު ލިބޭގޮތް ނުވެފައެވެ. އިއްޔެވެސް ހަވީރު ޑިއުޓީގައި މުޅި ހޮސްޕިޓަލުގައި އިނީ އެންމެ ޑޮކްޓަރެކެވެ.
މީގެ އިތުރުން މިއަދު ހެނދުނު އެމްބިއުލާންސްގައި އެމެޖެންސީގައި ދުވަސްވީ މީހަކު ގެންނަނިކޮށް ފިޓް ޖެހި، ހާލުދެރަވިއިރު އެމްބިއުލާންސްގައި އޮކްސިޖަންވެސް ނެތް ކަމަށާއި އަދި އެމީހާ ހޮސްޕިޓަލަށް ގެނައިރު ޑޮކްޓަރެއްވެސް ނެތް ކަމަށް އެމީހާގެ އާއިލާގެ މީހަކު ވަނީ މިނޫހަށް ކިޔައިދީފަ އެވެ.