twitterviber whatsapp telegramfacebookyoutube instagram
18th April 2026

ހދ ގެ ދެ ފަޅު ވިއްކައިގެން ދައުލަތަށް 40 މިލިއަން ޑޮލަރު

Dec 12, 2017

ރިސޯޓު ތަރައްގީ ކުރުމަށް ހދ އަތޮޅުން ދޫކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާން ކުރި ދެ ފަޅުގެ އެކުއެޒިޝަން ފީގެ ގޮތުގައި 40 މިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފި އެވެ.

ހދ އަތޮޅުގެ ދެ ފަޅަކާއި ދެ ރަށެއް ކުއްޔަށް ދޭން އިއުލާނުކޮށްފައިވާއިރު އެއް ފަޅުގެ އެކުއެޒިޝަން ފީއަކީ 18 މިލިއަން ޑޮލަރެވެ. އަދި އަނެއް ފަޅުގެ ފީ 21 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބުނެފައިވެ އެވެ.

މި ދެފަޅުގެ ތެރެއިން އެއް ފަޅަކީ 780 ހެކްޓަރުގެ ބޮޑު ފަޅެކެވެ. އަދި އަނެއް ފަޅަކީ 1000 ހެކްޓަރަށްވުރެ ބޮޑު ފަޅެކެވެ.

މި ދެ ފަޅުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ އަތޮޅު ކުޑަފަރުފަސްގަނޑާއި ހދ. ކުޑަ މުރައިދޫ، އަދި ކޭލަކުނުވެސް ރިސޯޓު ތަރައްގީ ކުރަން ހުޅުވާލާފަ އެވެ.

މީގެ އިތުރުން ވިޔަފާރީގެ ބޭނުމަކަށް އަންނަ އަހަރު ބޮޑު 20 ފަޅު ހިއްކަން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355