ކުޅުދުއްފުށީ އެއާޕޯޓް އަޅަން ހަމަޖެހިފައިވާ ސަރަހައްދުގެ 38 އިންސަތަ ބިން ހިއްކާ ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ސަރަހައްދުން މުދާއެކު ޖުމްލަ ހިއްކަން ހަމަޖެހިފައިވަނީ 15 ހެކްޓަރު ބިންމެވެ. މިމަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓާވައިދެއްވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނެވެ.
އެއާޕޯޓް ހަދައި ސަރަހައްދު ބިން ހިއްކުމުގައި–ފޮޓޯ: އިރުޝާދު
އެމްޓީސީސީގެ މޭނެޖިން ޑިރެކްޓަރު އިބުރާހިމް ޒިޔަތު ކޭއޯ އަށް ވިދާޅުވީ އެއާޕޯޓް މަސްރޫއުއަށް ބޭނުންވާ 38 އިންސަތަ ބިން މިހާރު ހިއްކާ ނިންމާލެވިފައިވާ ކަމަށެވެ. އެއީ މޫދުން ހިއްކާ ސަރަހައްދެވެ.
އެއާޕޯޓް ހަދައި ސަރަހައްދު ބިން ހިއްކުމުގައި–ފޮޓޯ: އިރުޝާދު
ބިން ހިއްކާ ސަރަހައްދުގެ ވެލިގަނޑު ފަތުރާ ހަމަޖެއްސުމަށް އިތުރު 14 ދުވަސް ބޭނުންވާއިރު ރިވެޓްމަންޓް ނިންމާލުމަށް ހަތަރު މަސް ވަރު ނަގާނެކަމަށް ޒިޔަތު ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
އެއާޕޯޓް އަޅައި ސަރަހައްދު ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު އެއާޕޯޓް ހަދާނެ ބަޔަކާ އަދި ހަވާލުކޮށްފައެއް ނުވެ އެވެ.