twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކަންތައްތައް މިދަނީ ގާތު ބަލަމުން، މަޝްވަރާތަށް ހޯމަ ދުވަހު ފަށާނަން: ހެލްތް

Dec 14, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މައްސަލަތަށް ގާތުން ބަލަމުން އަންނަ ކަމަށާއި ކުރިމަތިވެފައިވާ މައްސަލަތަށް ހައްލުކުރުމަށް ހޮސްޕިޓާ ހަވާލުކޮށްފައިވާ އިންޑިޔާގެ، ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓާއެކު ވާހަކަ ދެއްކުމަށް އަންނަ ހޯމަ ދުވަހު ބައްދަލުކުރާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ހެލްތް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މުހައްމަދު މާހިރު މިރޭ ކޭއޯއަށް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކަންކަން ގާތު ބަލަމުން އަންނަކަމަށާއި ރައްޔިތުންނަށް ނިކަމެތި ގޮތެއް ނުވާނެ ކަމަށެވެ. ކުޅުދުއްފުށީ ހޮސްޕިޓަލް މިހާރު ހިންގަމުންދަނީ އިންޑިއާގެ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓް އާއި ނޫރުލް އިސްލާމިކް ޓްރަސްޓް ފަންޑާއެކު ހަދާފައިވާ ޖޮއިންޓް ވެންޗާއެއް ކަމަށްވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލުންނެވެ.

އޭނާ ވިދާޅުވީ ދެ ކުންފުނީގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަތަކުގެ ތެރެއަށް މިނިސްޓްރީން ނުވަންނާނެ ކަމަށާއި މިނިސްޓްރީ ބަލަނީ ދީފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދަނީ ކީއްވެތޯ ކަމަށެވެ. ސަރުކާރުގެ މައްސަލައަކަށް ވާނީ ހިދުމަތްތަށް ނުދެވި ލަސްވާ މައްސަލަ ކަމަށެވެ.

ޝެޑިއުލްއާ އެއްގޮތަށް ހިދުމަތް ނުދެވި ލަސްވާ މައްސަލާގައި މީގެން ކުރިންވެސް އެންއައިއައިގެ ބޭފުޅުން މިނިސްޓްރީއަށް ގެނެސް ވާހަކަދައްކާފައިވާނޭ ކަމަށް މާހިރު ވިދާޅުވި އެވެ.

މާހިރު ވިދާޅުވީ އެންއައިއައިގެ އިންޑިޔާ ކުންފުނީގެ ބޭފުޅުންނަށްވެސް މިހާރުވަނީ މަޝްވަރާގައި ބައިވެރިވުމަށް ދައުވަތު އަރުވާފަކަމަށާއި އަންނަ ހޯމަ ދުވަހު މައްސަލަތަށް ހައްލުކުރުމަށް މަޝްވަރާކުރާނެ ކަމަށެވެ.

” ބޭރުގެ މީހުންނަށްވެސް އަޅުގަނޑުމެން އަންގައިފިން ކީއްވެތޯ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދަނީ. އެހެން ވާހަކަ ދެއްކުމަށް ވާނީ ދައުވަތު ދީފަ. އަޅުގަނޑުމެން އުންމީދުކުރަނީ ހޯމަ ދުވަހު އެ ބައްދަލުވުން ބޭއްވޭނެ ކަމަށް. ” މާހިރު ވިދާޅުވި އެވެ.

މާހިރު ވިދާޅުވީ، އެންއައިއައިގެ ބޭފުޅުންނާ ހޯމަ ދުވަހު ބައްދަލުކޮށް، ކޮންމެވެސް ހައްލެއްގެ ގެންނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މިމައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަމަށް މާހިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިނިސްޓްރީގެ ކަންބޮޑުވުމަކީ އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލުގެ ތަރައްގީގެ މަސައްކަތް ކުރިއަށް ނުދާ ސަބަބު ހޯދައި އެ ހުރަސްތަކަކީ ހައްލުކޮށްދިނުން ކަމަށެވެ. އެންއައިއައި އިން ހަވާލުވި ފަހުން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ މިނިސްޓްރީން ބާރުއަޅަނީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އާސަންދަ ބިލުތަކެއް ވަނީ އޮޅުވާލާފަ، މައްސަލަ ޖެހުނީ ހިޔާނާތާ ދެކޮޅުހެދުމުން: އުސެއިދު

މާހިރު ވިދާޅުވީ ބައްދަލުވުމުން ބާއްވާ ވާހަކަދެއްކުމުން މައްސަލަތަށް އެންގިގެންދާނެ ކަމަށެވެ. އަދި ކޮންމެ ގޮތަކަށް ބައްދަލުވުން ދިޔަކަމުގައި ވިޔަސް ޕްލޭނާ އެއްގޮތަށް ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީ ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ހިންގާ އިންޑިޔާގެ ކުންފުންޏާއި ދިވެހި ކުންފުންޏާ ދެމެދު ފައިސާގެ މައްސަލަތަކެއް ދިމާވެ ހޮސްޕިޓާ ހިންގުމަށް ބުރޫއެރުމުން، އެތަނުގެ ބައެއް ހިދުމަތްތަށް ދިނުމަށް މިއަދު މިނިސްޓްރީން ވަނީ ހަވާލުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355