twitterviber whatsapp telegramfacebookyoutube instagram
15th August 2026

މަސްވެރިންގެ ޖަލްސާ ކުރިއަށްދިޔަ ވަގުތު އިހަވަންދޫގައި މުޒާހަރާކޮށްފި

Dec 17, 2017

މަސްވެރިން ދުވަހުގެ ރަސްމީ ޖަލްސާ ރޭ ހއ އިހަވަންދޫގައި ކުރިއަށްދިޔަ ވަގުތު އެރަށުގެ ބައެއް ރައްޔިތުން ސަރުކާރާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާކޮށްފި އެވެ.

މަސްވެރިންގެ ޖަލްސާ ކުރިއަށްގެންގޮސްފައިވަނީ އިހަވަންދޫ ބަނދަރު ސަރަހައްދުގައި އެވެ. އެޖަލްސާގައި ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީވެސް ބައިވެރިވެވަޑައިގަތެވެ.

ޖަލްސާ ބޭއްވި ސަރަހައްދުގައި މުޒާހަރާކޮށްފައިވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ބައެއް މަސްވެރިންނެވެ. މުޒާހަރާގެ ބައިވެރިން ތިބީ ސަރުކާރާ ދެކޮޅު ތަފާތު ޝުއޫރު ލިޔެފައިވާ ބޯޑުތަށްވެސް ހިފައިގެންނެވެ. ބައެއް ބޯޑުތަކުގައި ލިޔެފައިވަނީ ޗައިނާ ބަހުންނެވެ.

މަސްވެރިންނަށް ހުރި ދަތިތައް ސަރުކާރުން ފިލުވައިނުދޭ ކަމަށް ބުނެ މުޒާހަރާ ކޮށްފައިވާއިރު މުޒާހަރާ ކޮންޓްރޯލްކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355