twitterviber whatsapp telegramfacebookyoutube instagram
15th August 2026

ކުޅި ހިއްކާ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނެފި

Dec 17, 2017

ހދ. ކުޅުދުއްފުށީ ކުޅި އެއާޕޯޓު އެޅުމަށް ހިއްކަނީ އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި ކަމަށް ބުނެ އެކަން ހުއްޓުވުމަށް ސިވިލް ކޯޓަށް ވެއްދި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނެފި އެވެ.

އީކޯ ކެއާއިން ސިވިލް ކޯޓަށް ވެއްދި މައްސަލައިގައި ބުނެފައި ކުޅުދުއްފުށީ ކުޅި އެއާޕޯޓު އެޅުމަށް ހިއްކަނީ އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި ކަމަށެވެ. އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުން މިއަދު ބޭއްވިއިރު ދައުލަތުން ބުނީ، އެ މައްސަލަ ބެލުމުގެ އިހްތިސާސް އޮންނާނީ ކުޅުދުއްފުށީ ކޯޓަށް ކަމަށާއި އެހެން ކަމުން އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށްބުނެ ދައުލަތުން ވަނީ އިޖްރާއީ ނުކުތާއެއް ނަގާފައެވެ.

އަދި އީކޯކެއާ ޖަވާބުދާރީވުމަށް ދެން އޮންނަ އަޑުއެހުމެއްގައި ފުރުސަތު ދޭނެ ކަމަށް ބުނެ މިއަދު އަޑުއެހުން ވަނީ ނިންމާލާފަ އެވެ.

ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކޮށް އެ މައްސަލަ ކޯޓަށް ވައްދާފައި ވަނީ ކުޅުދުއްފުށީ އެއާޕޯޓުގެ މަޝްރޫއު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ހެދި އެންވަޔަރަންމަންޓު އެސެސްމެންޓް ރިޕޯޓު (އީއައިއޭ) އަށް އަމަލުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355