twitterviber whatsapp telegramfacebookyoutube instagram
8th May 2024

ޔުނިޓީ ރަންގައި ބައިވެރިވެ، ރަށަށް އެހީއެއް ވަމާ!

Dec 18, 2017

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ރެޑްކުރެސެންޓް ހދ ގޮފީގެ ފަރާތުން ކުޅުދުއްފުށީގައި ބާއްވާ ދުވުމަކީ ކުރިމަތިވެދާނެ ކާރިސާއަކަށް ތައްޔާރުވުމަށް، ފަންޑު ހޯދުމަށް ބާއްވާ ދުވުމެކެވެ.

ރެޑްކްރެސެންޓް ހދ ގޮފީގެ ކޯޑިނޭޓަރ އަހުމަދު އަބްދުﷲ ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ މި ދުވުމަކީ ކުރިމަތިވެދާނެ ކާރިސާއަކަށް ތައްޔާރުވުމަށް ފަންޑު ހޯދުމަށާއި ދުޅަހެޔޮ ސިއްހަތާއި ކަސްރަތުކުރުމަށް ހޭލުންތެރިކުރުން އަދި ކާރިސާއެއް ދިމާވެއްޖެނަމަ ރައްޔިތުންގެ އެއްބައިވަންތަކަމުގެ މުހިއްމުކަން ހާމަކޮށްދިނުން ބާއްވާ ދުވުމެއް ކަމަށެވެ.

އެގޮތުން މިހާރު ކުޅުދުއްފުށީގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަގުތަކުގައި ފެންބޮޑުވުން ކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ ފެންހިންދުމުގެ މަސައްކަތަށް 2 ޕަންޕާއި ހޮޅި ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި މިދުވުމުން ލިބޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ކުއްލި ހާލަތެއް ދިމާވާ ވަގުތުތަކުގައި ހިނގާނެ ހަރަދުތަށް ހަމަޖެއްސުމަށް ކަމަށެވެ.އަދި މިކަމަށް ތައްޔާރުކުރެވިފައިވާ ދިވެހި ރެޑްކްރެސެންޓް، ކުޅުދުއްފުށީ ޔުނިޓްގައި އެމަޖެންސީ ރެސްޕޮންސް ޓީމެއް ތަމްރީނުވެފައި ވާކަމަށް އަހުމަދު ފާހަގަކުރިއެވެ.

ދިރާގުން ސްޕޮންސަރކޮށްފައިވާ މިދުވުން ޑިސެމްބަރު 26 ވަނަ ދުވަހުގެ ހަވީރު ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ކޮންމެ އުމުރު ފުރާއެއްގެ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އަދި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އައިޑީކާޑު ނަންބަރާއި ނަން 7938817 އެސްއެސްއެމް ކުރުމަށެވެ. އޭގެ އިތުރުން ބިބް ގަތުމަށްފަހު ދުވުމުގައި ބައިވެރިވުމަކީ މަޖުބޫރުކަމެއް ނޫން ކަމުގައިވީ ނަމަވެސް އެފަރާތުން އެދެނީ ހިނގާފައި ނަމަވެސް އިވެންޓްގައި ބައިވެރިވުން ނުވަތަ އެހެން މީހަކު ދުވުމުގައި ބައިވެރިކުރުން ކަމަށާއި ބަދަލުގައި އެހެން ފަރާތެއް ބައިވެރިވާނަމަ އެކަން .އެންގުމަށް އެފަރާތުން ވަނީ އެދިފަ އެވެ. އޭނާ ވިދާޅުވީ ވަރަށް އަވަހަށް ބިބް ވިއްކަން ފަށާނެ ކަމަށާއި ވީހާވެސް ގިނަ މީހުން ދުވަހުގެ ބައިވެރިވެ، މިކަމަށް އެއްބާރުލުންދިނުން ކަމަށެވެ

އޭގެ އިތުރުން އެފަރާތުން މައުލޫމާތުދިން ގޮތުގައި ވަކި ބިބް ނަންބަރެއް ބޭނުންވާނަމަ އަވަހަށް އުޅުމުން ލިބޭނެ ކަމަށާއި ދުވުމުގައި ބައިވެރިވާއިރު އެއްވެސް ސިޔާސީ ފާޓީއަކަށް ނިސްބަތްވާ އެއްޗެއް ބޭނުންނުކުރުމުގެ އިތުރުން ބޭއަދަބީ ބަސް، އިބާރާތް އަދި ކުރެހުން ހުންނަ ތަކެތި ބޭނުންނުކުރުމަށް ވަނީ ބުނެފައި އެވެ.

އަންހެން އެއްވަނަ ދުވުންތެރިޔާ އާއި ފިރިހެން އެއްވަނަ ދުވުންތެރިޔާ ހޮވާގޮތަށް ހަމަޖެހިފައިވާ މި ދުވުމުގައި ދެ ޖިންސް ވަކިން އެންމެ އަވަހަށް ނިންމާ 10 ދުވުންތެރިޔަކު ހޮވާނެ އެވެ.

ާއަދި ބިބް އާއި އެއްކޮށް ފޮޓޯ އެއް ނަގ Unityrun2017 , #MavesBaiveriVaanan# މި ހޭޝްޓެގްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ޝެއަރ ކޮށް މިދުވުން އިސްތިހާރުކުރުމަށް އެހީވެދިނުމަށްވެސް ރެޑްކުރެސެންޓުން ވަނީ އެދިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355