twitterviber whatsapp telegramfacebookyoutube instagram
18th April 2024

އިގްތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ކުރިއެރުން ބިނާވަނީ ދީނުގައި ހިފެހެއްޓި މިންވަރެއްގެ މައްޗަށް: ރައީސް

Dec 20, 2017

އިގްދިސާދީ، އިޖުތިމާއީ އަދި ސިޔާސީ ކުރިއެރުން ބިނާވެފައި އޮންނާނީ ދީނުގައި ހިފެހެއްޓި މިންވަރެއްގެ މައްޗަށްކަމަށާއި އަޅުގަނޑުމެންގެ އަޒުމަކަށް ވާންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގައި ނުގުޑާފަދަ ވަރުގަދަ ޢަޒުމަކާއެކު ފައިތިލަ ސާބިތުކޮށްގެން ތިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ މާތްﷲ ރާއްޖެއަށް މިންވަރު ކުރައްވާފައިވާ އެންމެ މަތިވެރި އަދި އެންމެބޮޑު ނިއުމަތަކީ އިސްލާމްދީނުގެ ނިއުމަތް ކަމަށާއި އެ ދީނަކީ އެންމެހައި އާލަމްތަކަށް ރަހްމަތެއް ކަމުގައި މާތްﷲ ބާވައިލެއްވި ދީން ކަމަށެވެ.

އަދި ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމަކަށްވާތީ އެކަމާ ހަސަދަވެރިވާ ބަޔަކު އެބަތިބިކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަމަށާއި އެހެން ފިކުރުތަކަށް މި ފަސްގަނޑުން އެއްވެސް ޖާގައެއް އަޅުގަނޑުމެން ދީގެނެއް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން އެ ދީނުގެ މަތިވެރި އަގީދާގައި އަދި އެ ދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަދި ބޭރުގެ އެކި ފިއްތުންތައް ކުރިމަތި ކުރުވުމަށާއި އަޅުގަނޑުމެންގެ ދީނީ އަގީދާ ބަލިކަށިކުރުވުމަށް އެތެރެއާއި ބޭރުން މަސައްކަތްކުރަމުންދާއިރު މިކަމާމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ހޭލާންޖޭ ކަމަށާއި އެ ދީނުގެ މަތިވެރި އަގީދާގައި އަދި އެ ދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ރައީސްގެ ހިތާބުގައި ފާހަގަ ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355