twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ނޮޅިވަރަމުން އަންހެނަކު ގެއްލިގެން ހޯދަނީ

Dec 20, 2017

ހދ ނޮޅިވަރަމުން އަންހެނަކު ގެއްލިގެން ހޯދަމުން އެބަދެ އެވެ. ގެއްލިގެން ހޯދަމުން ގެންދަނީ އެރަށު، މަންޒަރުގެ، ޝާހިދާ އަލީ (41އ) އެވެ.

ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަޝީދު ފުލުހުންނާ ހަވާލާދެއްވާ ވިދާޅުވީ އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 9:30 ހާއިރު އޭނާގެ ފިރިމީހާ ކަމަށެވެ.

ރަޝީދު ވިދާޅުވީ ބަނދަރާ ދިމާއަށް ހެނދުނު މޫދަށް ދިޔަކަމަށާއި އެހެންނަމަވެސް އޭގެ ފަހުން މޫދު އެރުމަށްފަހު އަންނަނިކޮށް ގަބުރުސްތާނާ ހަމައިން މީހަކަށް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފް ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ ނޮޅިވަރަމުން އަންހެނަކު ގެއްލިގެން ހޯދަމުންދާކަމުގެ މައުލޫމާތު އެއިދާރާއަށް ރިޕޯޓްކޮށްފައިވަނީ 11:30 ހާއިރު ކަމަށާއި އެމީހާ ހޯދުމަށް ނޮޅިވަރަމް ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވަމުންދާ ކަމަށެވެ. އަދި މިކަމުގައި އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމެއްވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355