twitterviber whatsapp telegramfacebookyoutube instagram
15th August 2026

ނޮޅިވަރަމުން ގެއްލުނު މީހާ 24 ގަޑިއިރު ފަހުން ވަލުތެރެއިން ފެނިއްޖެ

Dec 21, 2017

ހދ ނޮޅިވަރަމުން އިއްޔެ ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ މިއަދު ހެނދުނު ވަލުތެރެއިން ފެނިއްޖެ އެވެ.

އިއްޔެ ހެނދުނު މޫދަށް ދިޔަ ފަހުން ޙަބަރެއް ނުވެގެން ގެއްލިގެން ހޯދަމުން ގެންދިޔައީ އެރަށު، މަންޒަރުގެ، ޝާހިދާ އަލީ (41އ) އެވެ. އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ 9:30 ގައި އެވެ. އޭނާ ފެނިފައިވަނީ މިއަދު ހެނދުނު 8:30 ހާއިރު އެެވެ.

ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަޝީދު ވިދާޅުވީ ހޯދަމުން ދަނިކޮށް އޭނާ ފެނުނީ ވަލުތެރޭގައި ހުރި ގަހެއްގައި ކައިރީގައި ލެނގިލައިގެން ހުއްޓަށް ކަމަށެވެ. ނަމަވެސް ފެނުނުތާ މާ ގިނައިރުތަކެއް ނުވަނީސް އޭނާ ހޭނެތިގެން ވެއްޓުނު ކަމަށް ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އެމީހާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާ ކަމަށާއި ބޭރު ފުށުން އޭނާއަށް އެއްވެސް އަނިޔާއެއްވެފައިނުވާ ކަމަށެވެ. އަހުމަދު ރަޝީދު ވިދާޅުވީ އެމީހާއަކީ ނަފްސާނީ ބައްޔަށް ބޭސްކުރަމުންދާ މީހެއް ކަމަށް އާއިލާގެ ފަރާތުން އެނގިފައިވާ ކަމަށެވެ.

ތަފްސީލް އަންނަނީ–

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355