މިއަހަރު ބެލުންތެރިންގެ ބޮޑު މަގުބޫލްކަމެއް ހޯދި ވޮންޑަރ ވުމަންގެ ސީކުއަލްއަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު ފޭނުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ.
ވޮންޑަރ ވުމަން 2 މިހާރު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2019 ނޮވެމްބަރު 1 ވަނަ ދުވަހު އެވެ. ކުރިން ރިލީޒް ކުރުމަށް އިން ތާރީހުގެ އެއް މަސް ކުރިން މި ފިލްމު މިހާރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު ހޮލީވުޑް ގެ ހަބަރުތައް ބުނާ ގޮތުން މިތާރީހުގައި އެ ފިލްމާއި ވާދަ ކުރާނެ އެހެން ފިލްމެއް އަދި ނެތެވެ.
މީގެ ކުރިން މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2019 ޑިސެންބަރު 13 ގަ އެވެ
ސީކުއަލް ގައި ވެސް ލީޑުން ފެންނާނީ ފުރަތަމަ ފިލްމުގައި ވެސް ލީޑް ކުޅުނު ގަލް އެެވެ. ހަބަރުތަކުން ބުނާގޮތުގައި ވޮންޑަރ ވުމަން 2 ބިނާ ވަނީ ކޯލްޑް ވާރ ގެ 80 ގެ އަހަރުތަކުގެ މައްޗަށެވެ.
ވޮންޑަރ ވުމަން ގެ ފުރަތަަމަ ފިލްމު ބިނާ ކޮށްފައިވަނީ 1918 ގައި ނިމުނު ވޯލްޑް ވަރ 1 ގެ ހަދިސާގެ މައްޗަށެވެ. މި ފިލްމަކީ މި އަހަރު 7 ވަނައަށް އެންމެ ބޮޑު ފައިދާ އެއް ހޯދި ފިލްމެވެ. މި ފިލްމަށް ފައިދާގެ ގޮތުގައި 821.8 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.