twitterviber whatsapp telegramfacebookyoutube instagram
31st October 2025

އަންނަ އަހަރު ބާއްވާ ޑެކަގަން ކަޕްގެ ޗެމްޕިއަން ޓީމަށް 35000ރ!

Dec 21, 2017

ހދ ނޭކުރަންދޫ، ޑެކަގަން ކަޕް އަންނަ އަހަރުވެސް ބޮޑު ބަންދާ ދިމާކޮށް އޮންނާނެ ކަމަށާއި އަންނަ އަހަރު ބާއްވާ މުބާރާތުގައި ފައިސާގެ އިނާމުތަށް ބޮޑުވާނެކަމަށް އެ ކުލަބުން ހާމަކޮށްފި އެވެ.

ޑެކަގަން ކަޕްގެ 10 ވަނަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ވާހަކަ ދައްކަވަމުން އެކުލަބުގެ ރައީސް އަލީ ރިޔާޒު ވިދާޅުވީ އަންނަ އަހަރުވެސް ޑެކަގަން ކަޕް އޮންނާނެ ކަމަށެވެ.

މިއަހަރު ޗެމްޕިއަން ޓީމަށް 25000ރ ދީފައިވީނަމަވެސް އަންނަ އަހަރު ޗެމްޕިއަން ޓީމަށް 35،000ރ ދިނުމަށް ނިންމާފައިވާކަން ރިޔާޒް ވަނީ އިއުލާންކުރައްވާފަ އެވެ. އަންނަ އަހަރު މުބާރާތް ފަށަން ނިންމާފައިވަނީ ޑިސެމްބަރު 3 ގަ އެވެ.

އޭނާ ވިދާޅުވީ އެހެން މަގާމުތަކުގެވެސް ފައިސާގެ އިނާމު ބޮޑުވާނެ ކަމަށެވެ. އަތޮޅުގެ ހުރިހާ ރަށަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ނޭކުރަންދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑެކަގަން ސްޕޯޓްސް ކުލަބުން އިންތިޒާމްކުރާ މިމުބާރާތަކީ ހދ އަތޮޅުގައި ބާއްވާ އެންމެ އަގު ބޮޑު އެއް ފުޓްބޯޅަ މުބާރާތެވެ.

މިއަހަރުވެސް މިމުބާރާތުގެ އަތޮޅުގެ ތިން ރަށަކުން 8 ޓީމެއް ބައިވެރިވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355