twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޕެނަލްޓީ ޖަހައިގެން ފުނަދޫ ބަލިކޮށް ށ އަތޮޅު ޗެމްޕިއަންކަން ފޯކައިދޫއަށް

Mar 23, 2018

ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-5 އިން ފުނަދޫ  ބަލިކޮށް މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ށ އަތޮޅު ޗެމްޕިއަންކަން ފޯކައިދޫ ހޯދައިފި އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ލަނޑު ޖަހަން މާގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. މެޗުގެ ފުރަތަމަ ހާފްގައި ފޯކައިދޫ ޓީމްގެ ހުނަރުވެރި ފޯވާޑް ފާރިޝް އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިނުމާ ގާތަށް ޖެހިލި އެވެ.

މެޗުގެ ފެށުނުތަނާހެން ވަނަ ފުނަދޫގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ބޮލުން ފާރިޝް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ. އެ ބޯޅަ ފާރިޝްއަށް ނަގައިދިނީ ފޯކައިދޫގެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިދިން ރަށުން ބޭރު ކުޅުންތެރިއެއް ކަމަށްވާ ޒިޔާ އެވެ.

ފޯކައިދޫ ދަނޑުގައި މިއަދު ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗުގެ ނަތީޖާ އޮތީ 0-0 އިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި ފޯކައިދޫން ފުނަދޫގެ މައްޗަށް ކުރިހޯދީ 5-4ގެ ތަފާތަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ބެލުމަށްޓަކާ ފޯކައިދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ.

ފޯކައިދުއަށް ޕެނެލްޓީތައް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ރަޑިއޮނޯވް ވެވްގެންއާއި އަހުމަދު ރަފީއު، އަހުމަދު ސަމާލްގެ އިތުރުން ހުސައިން ފަޒީލާއި އަބަދުލް މާޖިދެވެ. މެޗުގައި ފުނަދުއަށް ޕެނެލްޓީ ކާމިޔާބުކޮށްދިނީ އަބްދުލް މަޖީދާއި އިބްރާހީމް އައިޝަމްގެ އިތުރުން މުހައްމަދު ރަޝީދު އަދި އިބްރާހީމް ސައީދެވެ.

ށ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާ ފޯކައިދޫވަނީ ޒޯން ދެއެއްގެ ޒޯން ބުރަށް ކޮލިފައިވެފައެވެ. އެ ޒޯންގައި ށ. އަތޮޅުގެ ޗެމްޕިއަނުންގެ އިތުރުން ދެން ވާދަކުރާނީ ނ. އަތޮޅުގެ ޗެމްޕިއަނުންނެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ށ. އަތޮޅުން ވާދަކޮށްފައިވަނީ ތިން ޓީމެވެ. އެއީ ފޯކައިދުއާއި ފުނަދޫގެ އަދި ފޭދުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355