twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހދ. އަތޮޅު ކައުންސިލްގެ މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި ފުނަދޫއަށް !

Aug 4, 2018

ހދ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި ށ ފުނަދޫއަށް މިއަދު ޒިޔާރަތްކޮށްފި އެވެ. މިދަތުރުގައި ށ އަތޮޅު ކައުންސިލް އިދާރާއަށް ޒިޔާރަތްކޮށް އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައި މައުލޫމާތު ހޯދާނެ އެވެ.

މިއީ މިގޮތަށް ހދ އަތޮޅު ކައުންސިލްގެ އިދާރާގެ މުވައްޒަފުން ތަޖުރިބާ ހޯދުމަށް ކުރި ފުރަތަމަ ދަތުރެވެ. މިދަތުރުގައި ކައުންސިލް މެމްބަރުންނާއެކު 26 މުވައްޒަފުން ބައިވެރިވި އެވެ.

މިދަތުރާ ބެހޭގޮތުން މައުލޫމާތު ކޭއޯއާ ހިއްސާކުރަމުން ހދ އަތޮޅު ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް އިބުރާހިމް ރަޝީދު ވިދާޅުވީ ފުނަދޫއަށް މިދަތުރު ހާއްސަކުރީ ށ އަތޮޅު ކައުންސިލަކީ ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިނގައި އެއް ކައުންސިލް ކަމަށްވާތީ ކަމަށެވެ.

މިދަތުރުގައި ށ އަތޮޅު ކައުންސިލްގެ އިދާރީ ހިންގުމާއި އެކައުންސިލްގެ ޕްރޮގުރާމްތައް ރާވައި ހިންގާ ގޮތް ތަޖުރިބާކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިދަތުރުގައި ވަރަށް ގިނަ އާ ކަންތައްތަކެއް އެނގިގެން ގޮސްފިކަމަށެވެ. އެގޮތުން ށ އަތޮޅު ކައުންސިލް އިދާރާގެ މާލިއްޔަތަށް ފައިސާ ހޯދުމުގެ ގޮތުން ވަރަށް ގިނަ އާ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި އެ ޕްރޮގުރާމްތަކާ ބެހޭ މައުލޫމާތު ހޯދައިފައިވާ ކަމަށް ޑީޖީ ވިދާޅުވި އެވެ.

ހދ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން ތަޖުރިބާ ދަތުރުގައި މިއަދު ށ ފުނަދޫއަށް ކުރެއްވި ދަތުރުގެ ތެރެއިން–ފޮޓޯ: ހދ އަތޮޅު ކައުންސިލް

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ތަޖުރިބާ ދަތުރަކީ ވަރަށް މުހިންމު ދަތުރެއް ކަމަށް އިބުރާހިމް ރަޝީދު ވިދާޅުވި އެވެ. ހދ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން މިއަދު ފުނަދޫއަށް ދިއުމުން ށ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ފަރާތުން ދެއްވި ހޫނު މަރުހަބާ އާއި ބެހެއްޓި މެހެމާންދާރީ ފާހަގަކުރައްވާ އެފަރާތްތައް އިބުރާހިމް ރަޝީދު ޝުކުރުއަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355