twitterviber whatsapp telegramfacebookyoutube instagram
17th April 2024

ސަރުކާރުން ކަރަންޓުގެ އަގުހެޔޮކޮށްފި

Mar 28, 2019

މިމަހުގެ ފުރަަތަމަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކުރައްވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރެއްވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތައް ކުރިއަށްދާގޮތުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮކޮށް ގެނައި ބަދަލާއިއެކު މާލެއާއި އަތޮޅުތަކުގެ ރަށްތަކުގެ ޓެރިފް ރޭޓުތައް އެއްވަރުވެގެންދާނެކަމަށެވެ. އެގޮތުން ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން ފެށިގެން މަތީގެ ޓެރިފްތަކުން ނަގާ އަގާއި މާލެއާއި ރަށްރަށުގެ ފަރަގު މުޅިން ނައްތާލެވިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ މި ބަދަލަކީ ރައްޔިތުންގެ އެންމެ އަސާސީ އެއް ބޭނުންކަމަށްވާ ހަކަތައަށް ކުރާހޭދަ ކުޑަކޮށް، ރައްޔިތު މީހާގެ ޖީބުން މި ހިދުމަތް ހޯދުމަށް ކުރާާހޭދަ ލުއިކުރުމަށް ސަރުކާރުން ގެނައި ބަދަލެއްކަަމަށެވެ.

ވިޔަަފާރިތަކުގެ ކަރަންޓު ބޭންޑްތަކުގެ ޓެރިފް ރޭޓްތައް އެއްވަރުކޮށް، ވިޔަފާރިތަކުން ކަރަންޓަށް ނަގާ އަގުވެސް ސަރުކާރުންވަނީ ހެޔޮކުރައްވަން ނިންމާފައެވެ. މިބަދަލަކީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ހިންގުމަށް ކުރާހޭދަ ކުޑަކޮށް، އެފަރާތްތަކުގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށް ވިސްނައި ގެނައި ބަދަލެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިގެނައި ބަދަލާއިއެކު 2200ރުފިޔާ އަރާ ގޭބިސީއެއްގެ ކަރަންޓު ބިލަށް ދެން އަރާނީ 1700ރުފިޔާ ކަމަށާއި އަދި 4500 ކަރަންޓުބިލަށް ދައްކާ ވިޔަފާރިތަކުން ދެން ދައްކަން ޖެހޭނީ 3400 ރުފިޔާ ކަމަށެވެ. ބާކީވާ ފައިސާ ހަމަވެގެންދާނީ ރައްޔުތުންގެ ޖީބަށް ވަންނަ ފައިދާއަށް ކަމަށެވެ.

ރައީސް ވިދާޅުވީ ޑީސަލުން %5 ޑިއުޓީ ކަނޑާލުމަށް ވެސް ސަރުކާރުން ނިންމާފައިވާކަމަށާއި، މިކަމުގެ ލުޔެއްގެގޮތުން ފިއުލް ޑިސްކައުންޓެއް ވެސް ކުރިއަށް އޮތްތާންގައި ރައްޔިތުންނަށް ލިބޭނެކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުގެ ދުރުރާސްތާ ވިސްނުމަކީ ދިވެހި ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހިގޮތެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓުދޭ ގައުމަކަށް ބަދަލުކުރުންކަމަށެވެ. އެގޮތުން ކަރަންޓު ދިނުމަށް ޖެނެރޭޓަރަށް ބަރޯސާވުމުގެ ބަދަލުގައި އަވިން އުފައްދާ ހަކަތަ ފުޅާކުރުމަކީ ސަރުކާރުން މުސްތަޤްބަލުގައި އިސްކަމެއް ދެއްވާނެކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިއީ ކަރަންޓުގެ އަގު އިތުރަށް ހެޔޮވެގެންދާނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355