twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފަހުގެ ވާވޭ ޕީ30 ސީރީޒްގެ ފޯނުތަކުގެ ޕްރީއޯޑަރ އުރީދޫ އިން ފަށައިފި

ނަބީލާ އިސްމާޢީލް
Apr 6, 2019

ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ވާވޭ ޕީ30 ސީރީޒްގެ ސްމާޓްފޯނުތަށް ޕްރީއޯޑަރ ކުރުމަށް ރާއްޖޭގައި ހުޅުވާލައި އެކު ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ވަރަށް ހާއްސަ ޕްލޭންތަކެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ.

އުރީދޫ މެދުވެރިކޮށް ވާވޭގެ ޕީ30 ޕްރޯ ޕްރީއޯޑަރ ކުރަށްވާ ކަސްޓަމަރުންނަށް ހާއްސަ އިނާޔަތެއްގޮތުގައި ވާވޭ ވޮޗް ޖީޓީ އެއްވެސް ލިބިގެންދާނެއެވެ.

ޕީ30 ސީރީޒްއަށް ހާއްސަ ޕްލޭންތަށް މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު އެއް އަހަރުގެ މުއްދަތަށް މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބޭނެއެވެ. މީގެ ތެރޭގައި މަހަކު އެންމެ 875 ރުފިޔާ ދައްކަވައިގެން އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ވާވޭ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ހިމެނޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އުރީދޫގެ ސީއޫއޯ ނަޖީބު ހާން ހާމަކުރެއްވި ގޮތުގައި ބައިނަލްއަގްވާމީ ބޮޑެތި ބްރޭންޑްތަކާއި ގުޅިގެން އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މާކެޓުގެ އެންމެ ކުރިއަރާފައިވާ އައު ޓެކްނޮލޮޖީތަކާއި އީޖާދީ ހިދުމަތްތަށް ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ކަމަށެވެ. ކަސްޓަމަރުންނަކީ އައު ސްމާޓްފޯނުތަކަށް ލޯބި ކުރާ އަދި އިންތިޒާރުކުރާ ބަޔަކަށްވުމާއި އެކު، ފަހުގެ ވާވޭ ޕީ30 ސީރީޒް ލޯންޗު ކުރާ ފުރަތަމަ މާކެޓުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ އުފަލެއްކަމަށެވެ. ކުރިއަށްއަތްތަނުގައިވެސް މަސައްކަތް ކުރަމުންދާނީ ކަސްޓަމަރުން އެންމެ ލޯބި ކުރާ ސްމާޓްފޯނު ބްރޭންޑުތަކާއި ގުޅުވާލަދީ ފޯނު ބައްލަވައިގަންނަން ފަސޭހަކޮށްދިނުމަށް ކަމަށެވެ.

ޕީ30 ސީރީޒް ޕްރީއޯޑަރ ކުރެއްވުމަށް، ނުވަތަ މި ފޯނުތަކަށް ޚާއްސަކޮށްގެން އުރީދޫ އިން ތައާރަފްކޮށްފައިވާ ޕްލޭންތަކުގެ މައުލޫމާތު ހޯއްދެވުމަށް، https://www.ooredoo.mvއަށް ޒިޔާރަތްކުރެއްވުމަށް އުރީދޫއިން އެދެެއެވެ. އަދި https://consumer.huawei.com އަށް ޒިޔާރަތް ކުރެއްވުމުން ޕީ30 ސީރީސްގެ ސްމާޓްފޯނާއި ގުޅޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355