twitterviber whatsapp telegramfacebookyoutube instagram
3rd July 2025

ތާރީހީ ކާމިޔާބީއަކަށްފަހު ވިލާ ކޮލެޖުން ސެޕްޓެމްބަރު އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Jul 3, 2025

ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާގައި އެންމެ އިސް އެއް މުއައްސަސާކަމުގައިވާ ވިލާ ކޮލެޖުން، ސެޕްޓެމްބަރު 2025 އިންޓޭކުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުން ބުނީ، މި އިންޓޭކުގައި، ފައުންޑޭޝަން ފެންވަރުން ފެށިގެން މާސްޓާރސް ފެންވަރާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އަދި މި ޕްރޮގްރާމްތަކުގެ ތެރޭގައި، ވަޒީފާގެ ބާޒާރަށް އެންމެ ބޭނުންތެރި ދާއިރާތައް ކަމަށްވާ އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގ (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރީ، އިސްލާމް، ޤުރްއާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް) ,ޝަރީޢާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، މާކެޓިންގ، ހިމެނެ އެވެ.

މީގެ އިތުރުން އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، ހިއުމަން ރިސޯސ، ރިސާރޗް ސްޓަޑީސް، ނަރސިންގ، ޕަބްލިކް ހެލްތްް ،އިންޓީރިއަރ އާކިޓެކްޗަރ އެންޑް ޑިޒައިން، ހެލްތް ސަރވިސަސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ކައުންސެލިން، ޑާޓާ ސައިންސް، ސައިކޮލޮޖީގެ ދާއިރާއިން ސެޓްފިކެޓް ލެވެލް އިން މާސްޓަރސް ލެވެލްއަށް ޕްރޮގްރާމްތައް ހިމެނިފައިވާނެއެވެ.

މިކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި، ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ސައިބަރޖާޔާ އަދި ޓޭލަރސް ޔުނިވަރސިޓީގެ ޕްރޮގްރާމްތައް ހިމެނެ އެވެ. މި އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ވިލާކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން އިންޖިނިއަރިންގ، ޓީޗިންގ، ނާރސިންގ އަދި ފާރމަސީ ދާއިރާގެ ކޯސްތައް ފިޔަވާ ހުރިހާ ކޯހެއްވެސް އޮންލައިންކޮށް ހެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފަ އެވެ.

ވިލާ ކޮލެޖުގެ ތައުލީމީ ފަލްސަފާ ބިނާވެފައިވަނީ، ދަސްވެނިވާ ދަރިވަރުންނަކީ ހަމައެކަނި އިލްމީ ގެޮތުން ޤާބިލް ބަޔަކަށް ހެދުމަށްވުރެ، ތައުލީމީ ހުނަރުތަށް ލިބިފައިވާ ބަޔަކަށް ހެދުމެވެ. މި މަގުސަދުގައި ކޮންމެ ޕްރޮގްރާމެއްގައިވެސް އިންޑަސްޓްރީއާ ގުޅުވާލައި އިންޓާންޝިޕް، އެކްސްޓާންޝިޕް އަދި މޮބިލިޓި ޕްރޮގްރާމްތަކުގެ ދަށުން އަމަލީ ތަޖުރިބާ ލިބޭނެ ފުރުސަތުތަށް ފަހިކޮށްދެވެއެވެ. މީގެ އިތުރުން، ދަރިވަރުންނަކީ ދުނިޔެއަށް އަންނަ ބަދަލުތަކަށް ހޭލުންތެރި، "ގްލޯބަލް ސިޓިޒެންސް" އަށް ހެދުމުގެ ގޮތުން އދ. ގެ ދެމެހެއްޓެނިވި ތަަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުންހުރި "ސަސްޓެއިނަބިލިޓީ" މޮޑިއުލްއެއް ހުރިހާ ދަރިވަރުންނަށްވެސް ކިޔަވައިދެވެއެވެ. އަދި ދަރިވަރުންގެ އީޖާދީ ވިސްނުމާއި، މައްސަލަތައް ހައްލުކުރުމުގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި ހާއްސަ "ޑިޒައިން ތިންކިންގ" މޮޑިއުލްއެއްވެސް ކިޔަވައިދެވެއެވެ.

ވިލާ ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު ވިލާ ކޮލެޖުގެ ވެބްސައިޓުން އޮންލައިންކޮށް އެޕްލައިކޮށް އަދި އެޕްލިކޭޝަންގެ ސްޓޭޓަސް ޗެކް ކުރެވޭނެ އެވެ.

ވިލާ ކޮލެޖުގެ ކޯސްތަކަށް ފީ ދެއްކުމުގެ ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ބޭނުމުގައި ދަރރިވަރުން ފީ ދެއްކުމަށް ހަމަޖެހިފައިވަނީ ކޯހުގެ ފީ މަންތްލީ އިންސްޓޯލްމަންޓްތަކަކަށް ބަހާލައިގެންނެވެ. އަދި، ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމްތަކަށް ވެސް ކިޔެވޭނެއެވެ.

ވިލާ ކޮލެޖަކީ ދުނިޔޭގެ އެންމެ އިތުބާރު ހުރި އެއް ރޭންކިންގ ކަމަށްވާ ޓައިމްސް ހަޔަރ އެޑިއުކޭޝަން (THE) އިމްޕެކްޓް ރޭންކިންގސްގައި ރޭންކުވެފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ތައުލީމުދޭ މަރުކަޒެވެ. މި ރޭންކިންގައި ވިލާ ކޮލެޖު ހިމެނިފައިވަނީ ދުނިޔޭގެ ނިސްބަތުން އެންމެ މަތީ 20 އިންސަތަ ޔުނިވާސިޓީތަކުގެ ތެރޭގައެވެ. މިއީ ވިލާކޮލެޖުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ބައިނަލްއަގްވާމީ މިންގަނޑުތަކުން ބަލައިގަންނަކަމުގެ ވަރުގަދަ ހެއްކެކެވެ.

ވިލާ ކޮލެޖަކީ، އެންމެ ފުޅާދާއިރާއެއްގައި ދުނިޔޭގެ ޔުނިވާސިޓީތަކުގެ ފެންވަރު ވަޒަންކުރާ އެއް ސިސްޓަމް ކަމަށްވާ ކިއު.އެސް ރޭޓިންގްގައި އެކްސެލެންސަށް ރޭޓް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި އިންސްޓިޓިއުޓެވެ. މިގޮތުން ވިލާ ކޮލެޖުވަނީ ކިއު އެސް ސްޓަރ ރޭޓިންގައި 3 ދާއިރާއަކުން 5 ތަރީގެ ދަރަޖައިގައި ރޭޓް ކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޕްލޯޔަބިލިޓީ، އޮންލައިން ލާރނިން އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެވެ.

ސެޕްޓެމްބަރު އިންޓޭކްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމް ހުށަހެޅޭނީ 16 އޮގަސްޓް 2025 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ކޯސްތަކުގެ މައުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅުއްވައިގެން ނުވަތަ ވައިބަރ ކޮށްލައްވައިގެން ހޯދާލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355