ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރެ ވެހިފައިވަނީ ކުޅުދުއްފުއްޓަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ވާރެ ވެހުނު މިންވަރުގެ ތަފްސީލް ހާމަކޮށް ނެރެފައިވާ ގްރާޕުގައި ވާގޮތުން އިއްޔެ ހެނދުނު 8 ން މިއަދު ހެނދުނު 8 އަށް ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރާގައި އެންމެ ގިނައިން ވާރެ ވެހިފައިވަނީ ކުޅުދުއްފުއްޓަށެވެ.
ގްރާޕުން ދައްކާ ގޮތުގައި ކުޅުދުއްފުއްޓަށް 188.3 މިލިމީޓަރުގެ ވާރެ ވެހިފައިވާއިރު ދެން އެންމެ ގިނައިން ވާރެ ވެހުނީ ހަނިމާދޫ އަށެވެ. އެރަށަށް ވަނީ 125.7 މިލިމީޓަރުގެ ވާރެ ވެހިފައެވެ. ދެން އެންމެ ގިނައިން ވާރެ ވެހުނު ކ. ދިއްފުއްޓަށް ވަނީ 62.4 މިލިމީޓަރުގެ ވާރެ ވެހިފައެވެ.
އިއްޔެއިންފެށިގެން ކުރަމުންދާ ވިއްސާރައިގައި ކުޅުދުއްފުށީން ފެންވަދެ ގެއްލުން ލިބުނު ގޭބިސީތަކުގެ އަދަދު 140 އަށްވުރެ މަތިވެފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
މެޓު އޮފީހުން ހާމަކުރާ ގޮތުގައި މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ އެވެ.



