twitterviber whatsapp telegramfacebookyoutube instagram
29th April 2026

ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި ބެޗެލަރ އޮފް ފާމަސީ ކޯސް ހެދުމުގެ ފުރުސަތު

Apr 29, 2026

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އާއި އެލައިޑް ހެލްތު ކައުންސިލްގެ ރުހުމާއެކު، ވިލާކޮލެޖުގައި ބެޗެލާރ އޮފް ފާމަސީ ކޯސް، 2026 ވަނަ އަހަރުގެ މެއި އިންޓޭކުގައި ވަނީ އަލަށް ތައާރަފްކުރެވިފައެވެެ.

މި ޕްރޮގްރާމްގެ އެންމެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި މިހާރު ފާމަސިސްޓުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މަދުކޮށް މި ދާއިރާއަށް ގިނަ ދިވެހިން ނެރުންކަމުގައި ވިލާ ކޮލެޖުން މައުލޫމާތުދެ އެވެ.

ޖުމްލަ ހަތަރު އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ޖުމްލަ 46 މޮޑިއުލް ހިމެނެ އެވެ. އޭގެ ތެރެއިން ފަހު އަހަރު ހާއްސަކޮށްފައިވަނީ ކޯހުންނާއި އެކްސްޓާންޝިޕްއިން ދަސްވި ކަންތައްތަކަށް ބިނާކޮށް، އަމިއްލައަށް ދިރާސާތައް ހެދުމަށެވެ.

މި ޕްރޮގްރާމް ނިމޭއިރު ދަރިވަރުން ތިބޭނީ ފާމަސިސްޓުންގެ ގޮތުގައި ކެރިއަރު ކުރިއަށް ގެންދިއުމަށް ރަނގަޅަށް ތައްޔާރުވެފައިކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ. މި ޕްރޮގްރާމްގެ އިތުރުން ވިލާ ކޮލެޖުން ކިޔަވައިދޭ ހެލްތު ސައިންސަސްގެ ހުރިހާ ޕްރޮގްރާމްތަކުގައިވެސް ރާއްޖޭއިން ބޭރުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު (އެކްސްޓާންޝިޕް) ފަހިކޮށްދެވިފައިވެއެވެ.

ކޯހުގެ ޝަރުތުތައް:

● އޭ ލެވެލް ތިން މާއްދާއިން ފާސްވެފައިވުން (ކެމިސްޓްރީ އާއި ފިޒިކްސް ހިމެނޭ ގޮތަށް)

(ނުވަތަ)

● ޝަހާދާ ސާނަވީގެ ތިން މާއްދާއިން ފާސްވެފައިވުން (ކެމިސްޓްރީ އާއި ފިޒިކްސް ހިމެނޭ ގޮތަށް)

(ނުވަތަ)

● ގުޅޭ ދާއިރާއަކުން ލެވެލް ހަތަރެއްގެ ފާހެއް އޮތުން

(އަދި)

● ޖީސީއީ އޯ ލެވެލް/އައިޖީސީއެސްއީ ނުވަތަ އެއް ފެންވަރެއްގެ އިމްތިހާނަކުން އިނގިރޭސި މާއްދާއިން ފާސްވެފައިވުން

● ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ވިޔަސް ދެ އަހަރު ދުވަހުގެ، ޑިޕްލޮމާ އިން ފާމަސީ ކޯހެއް (އެމް.އެން.ކިޔު.އެފް ލެވަލް 5) ފުރިހަމަ ކޮށްފައި ތިބޭ މީހުންނަށް ވިލާ ކޮލެޖުގެ އެޑްވާންސްޑް ޑިޕްލޮމާއަށް ނުވަތަ ޑިގްރީގެ ތިން ވަނަ އަހަރަށް ވަދެވޭނެ

● ތިން އަހަރުގެ އެޑްވާންސްޑް ޑިޕްލޮމާއެއް (އެމް.އެން.ކިޔު.އެފް ލެވަލް 6) ނިންމާފައި ތިބޭ މީހުންނަށް ވިލާ ކޮލެޖުގެ ބެޗެލާ އޮފް ފާމަސީ ޕްރޮގްރާމްގެ ހަތަރު ވަނަ އަހަރަށް ވަދެވޭނެ

އޮންލައިން އެޕްލިކޭޝަން www.villacollege.edu.mv : މެދުވެރިކޮށް ހުށައެޅޭނެ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ : 7980611

އީމެއިލް: [email protected]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355