twitterviber whatsapp telegramfacebookyoutube instagram
8th April 2026

ވިލާ ކޮލެޖުން މެއި 2026 އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Apr 8, 2026

ވިލާ ކޮލެޖުގެ ކުރިއަށް އޮތް މެއި 2026 އިންޓޭކުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އިންޓޭކްގައި ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމަކަށް ކުރިމަތިލެވޭނެއެވެ.

ހުޅުވާލެވިފައިވާ ޕްރޮގްރާމްތައް:

މި އިންޓޭކްގައި ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖ،ީ ކޮމްޕިއުޓަރ ސައިންސް، ސައިބަރ ސެކިއުރިޓީ، ޑާޓާ ސައިންސް، ސޮފްޓްވެއަރ އިންޖިނިއަރިންގ، ޓީޗިންގ (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރ،ީ ސެކަންޑަރީ)، ބިޒްނަސް މެނޭޖްމަންޓް، މާކެޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، ނަރސިންގ، ޕަބްލިކް ހެލްތް، ހެލްތް ސަ ރވިސަސް މެނޭޖްމަންޓް، ލޯ، ޝަރީޢާ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓ،ީ އޭވިއޭޝަން މެނޭޖްމަންޓް، ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ކައުންސެލިންގ، މާސް ކޮމިއުނިކޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ރިސާރޗް ސްޓަޑީސް، އިންޓީރިއަރ އާކިޓެކްޗަރ އެންޑް ޑިޒައިން ފަދަ ދާއިރާތައް ހިމެނެއެވެ.

ބައިނަލްއަޤްވާމީ ޑިގްރީތައް ރާއްޖޭގައި

ވިލާ ކޮލެޖުން ދިވެހިރާއްޖޭގައި ތިބެގެން ބައިނަލްއަޤްވާމީ ޑިގްރީތައް ޙާޞިލުކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، ޕޯޓްސްމޯތް ޔުނިވަރސިޓީ، އަދި މެލޭޝިއާގެ ޓޭލަރސް ޔުނިވަރސިޓީ އާއި ޔުނިވަރސިޓީ އޮފް ސައިބަރޖާޔާގެ ޕްރޮގްރާމްތައް ވިލާ ކޮލެޖުގައި ކުރިއަށް ގެންދެވެއެވެ.

މީގެ އިތުރުން، ޕޯޓްސްމޯތް ޔުނިވަރސިޓީއާ ގުޅިގެން ހިންގާ އިންޖިނިއަރިންގ ޕްރޮގްރާމްތައް ކިޔަ ވާ ދަރިވަރުންނަށްް، ޑިގްރީގެ ފަހު އަހަރުތައް އެ ޔުނިވަރސިޓީގައި ފުރިހަމަކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.

މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއް ބިނާ ކުރުން

ވިލާ ކޮލެޖުގެ ކިޔެވުން ބައްޓަން ކުރެވިފައިވަނީ ދަރިވަރުންނަކީ މަސައްކަތުގެ މާޙައުލަށް ތައްޔާރުވެފައިވާ ކުދީން ތަކަކަށް ހެދުމަށެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައ،ި ކޮންމެ ޕްރޮގްރާމެއްގައިވެސް ސިމިއުލޭޝަންތަކާއ،ި އިންޓަރންޝިޕް، އެކްސްޓަރންޝިޕް އަދި އިންޑަސްޓްރީ އާއި ގުޅިގެން ހިންގޭ ޕާޓްނަރޝިޕްތަކުގެ ދަށުން ޢަމަލީ ތަޖުރިބާ ހޯދުމު ގެ ފުރުޞަތު ފަހިކޮށްދެވެއެވެ.

މި ނިޒާމުގެ ސަބަބުން، ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ ވަޒީފާގެ ބާޒާރަށް ފުރިހަމައަށް ތައްޔާރުވެފައިވާ، ގްލޯބަލް ޕްލެޓްފޯމްތަކުގައި ވާދަކުރެވޭ ޤާބިލު، ހުނަރުވެރި ބަޔަކަށް ހެދުމަށް ޚާއްޞަ އިސްކަމެއް ދެވެއެވެ.

ފްލެކްސިބަލް ސްޓަޑީ އޮޕްޝަންސް

ވިލާ ކޮލެޖުގެ ކްލާސްތައް ރާވާލެވިފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކަށާއި ޢާއިލީ ޒިންމާތަކާއެކު ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނޭހެނެވެ. އެގޮތުން އިންޖިނިއަރިންގ، ޓީޗިންގ، ނަރސިންގ އަދި ފާރމަސީ ދާއިރާގެ ކޯސްތައް ފިޔަވައި، އެހެން ހުރިހާ ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކެއްވެސް އޮންލައިންކޮށްވެސް ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް

ވިލާ ކޮލެޖަކީ ބައިނަލްއަޤްވާމީ މައިދާނުގައިވެސް ފާހަގަކޮށްލެވޭ ފަޚުރުވެރި ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާ ތަޢުލީމީ މުއައްސަސާއެކެވެ. އެގޮތުން:

• ކިއުއެސް (QS) ސްޓާރ ރޭޓިންގް: ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަތީ ތަޢުލީމުގެ ރޭންކިންގ ކަމަށްވާ ކިއުއެސް ސްޓާރ ރޭޓިންގްގައި "އެމްޕްލޯޔަބިލިޓީ"، "އޮންލައިން ލާރނިންގ" އަދި "އެންވަޔަރަމަންޓަލް އިމްޕެކްޓް" އިން އެންމެ މަތީ ދަރަޖަ ކަމަށްވާ 5 ތަރި ޙާޞިލުކޮށްފައިވެއެވެ.

• ޓައިމްސް ހަޔަރ އެޑިއުކޭޝަން (THE) އިމްޕެކްޓް ރޭންކިންގްސް 2025: ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ޔުނިވަރސިޓީތަކުން އަދާކުރާ ދައުރު ވަޒަންކުރާ މި ރޭންކިންގްގައި ރާއްޖެއިން ހިމެނުނު ހަމައެކަނި މުއައްސަސާއަކީ ވިލާ ކޮލެޖެވެ. މި ރޭންކިންގްސްގައި ދުނިޔޭގެ މަތީ 20% ޔުނިވަރސިޓީތަކުގެ ތެރޭގައި ވިލާ ކޮލެޖު ހިމެނެއެވެ.

• ކިއުއެސް އޮންލައިން އެމްބީއޭ ރޭންކިންގްސް 2026: ވިލާ ކޮލެޖުގެ އޮންލައިން އެމްބީއޭ ޕްރޮގްރާމް ވަނީ މި ރޭންކިންގްގައި ހިމެނި، އޭޝިއާ-ޕެސިފިކް ސަރަޙައްދުން "ކްލާސް އެކްސްޕީރިއަންސް" އިން އެއްވަނަ މަޤާމު ޙާޞިލުކޮށްފައެވެ.

މީގެ އިތުރުން ވިލާ ކޮލެޖުގެ ޕްރޮގްރާމްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)، ދިވެހިރާއްޖޭގެ ބާ ކައުންސިލް، އަދި އެލައިޑް ހެލްތް ކައުންސިލް ފަދަ މުޙިއްމު އިދާރާތަކުން ޤަބޫލުކޮށް، އެކްރެޑިޓްކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ.

  • އޮންލައިން އެޕްލިކޭޝަން www.villacollege.edu.mv މެދުވެރިކޮށް ހުށައެޅޭނެ
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ : 7980611
  • އީމެއިލް: [email protected]
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355