ވިލާ ކޮލެޖުގެ ކުރިއަށް އޮތް ސެޕްޓެންބަރު 2026 އިންޓޭކަށް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އިންޓޭކްގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމަކަށް ކުރިމަތިލެވޭނެއެވެ.
މި އިންޓޭކްގައި ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ސައިބާ ސެކިއުރިޓީ، ޑާޓާ ސައިންސް، ސޮފްޓްވެއަރ އިންޖިނިއަރިންގ، ލޯ، ޝަރީޢާ، އިސްލާމީ ފައިނޭންސް، އޯލްޓަނޭޓް ޑިސްޕިއުޓް ރިޒޮލިއުޝަން، ކޯޕަރޭޓް ގަވާނަންސް، ޕޮލިޓިކަލް ސައިންސް، އިންޓަނޭޝަނަލް ރިލޭޝަންސް، ޓީޗިންގ (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރީ، ސެކަންޑަރީ)، ބިޒްނަސް މެނޭޖްމަންޓް، މާކެޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، މާސް ކޮމިއުނިކޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމަންޓް، ނަރސިންގ، ޕަބްލިކް ހެލްތް، ހެލްތް ސަރވިސަސް މެނޭޖްމަންޓް، ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ކައުންސެލިންގ، ރިސާރޗް ސްޓަޑީސް، އިންޓީރިއަރ އާކިޓެކްޗަރ އެންޑް ޑިޒައިން، އަދި ކަލިނަރީ އާރޓްސް ފަދަ ދާއިރާތައް ހިމެނެއެވެ.
ވިލާ ކޮލެޖުން ރާއްޖޭގައި ތިބެގެން ބައިނަލްއަގުވާމީ ޑިގްރީތައް ހާސިލުކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، ޕޯޓްސްމޯތް ޔުނިވާސިޓީ، އަދި މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީ އާއި ޔުނިވާސިޓީ އޮފް ސައިބާޖާޔާގެ ޕްރޮގްރާމްތައް ވިލާ ކޮލެޖުގައި ކުރިއަށް ގެންދެވެއެވެ. މީގެ އިތުރުން، ޕޯޓްސްމޯތް ޔުނިވާސިޓީއާ ގުޅިގެން ހިންގާ އިންޖިނިއަރިންގ ޕްރޮގްރާމްތައް ކިޔަވާ ދަރިވަރުންނަށް، ޑިގްރީގެ ފަހު އަހަރުތައް އެ ޔުނިވަރސިޓީގައި ފުރިހަމަކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
ވިލާ ކޮލެޖުގެ ކިޔެވުން ބައްޓަން ކުރެވިފައިވަނީ ދަރިވަރުންނަކީ މަސައްކަތުގެ މާހާއުލަށް ތައްޔާރުވެފައިވާ ކުދިންތަކަކަށް ހެދުމަށެވެ. މި މަޤްސަދު ހާސިލުކުރުމަށްޓަކައި، ކޮންމެ ޕްރޮގްރާމެއްގައިވެސް ސިމިއުލޭޝަންތަކާއި، އިންޓާންޝިޕް، އެކްސްޓަރންޝިޕް އަދި އިންޑަސްޓްރީ އާއި ގުޅިގެން ހިންގޭ ޕާޓްނާޝިޕްތަކުގެ ދަށުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދެވެއެވެ. މި ނިޒާމުގެ ސަބަބުން، ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ ވަޒީފާގެ ބާޒާރަށް ފުރިހަމައަށް ތައްޔާރުވެފައިވާ، ގްލޯބަލް ޕްލެޓްފޯމްތަކުގައި ވާދަކުރެވޭ ގާބިލު، ހުނަރުވެރި ބަޔަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދެވެއެވެ.
ދަރިވަރުންގެ ތައުލީމީ ދަތުރު ފަސޭހަކޮށް، އެންމެ ފުރިހަމަގޮތުގައި އެހީތެރިކަން ފޯރުކޮށްދީ އަދި ދަރިވަރުންގެ ކިޔެވުމުގެ މަރުހަލާއަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ދުވަސްތަކެއްކަމަށް ހެދުމަށް ވިލާ ކޮލެޖުން ހާއްސަ އިސްކަމެއްދެއެވެ.
ވިލާ ކޮލެޖުގެ ކްލާސްތައް ރާވާލެވިފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކަށާއި އާއިލީ ޒިންމާތަކާއެކު ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނޭހެނެވެ. އެގޮތުން އިންޖިނިއަރިންގ، ޓީޗިންގ، ނާސިންގ އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވައި، އެހެން ހުރިހާ ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކެއްވެސް އޮންލައިންކޮށްވެސް ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ.
އޮންލައިން އެޕްލިކޭޝަން www.villacollege.edu.mv : މެދުވެރިކޮށް ހުށައެޅޭނެ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: 7980611
އީމެއިލް: [email protected]




