twitterviber whatsapp telegramfacebookyoutube instagram
10th August 2026

ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި ޑިޕްލޮމާ އިން ޓީޗިން ޕްރައިމަރީ އެންޑް ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް ހިލޭ ކިޔެވުމުގެ ފުރުސަތު

Aug 10, 2026

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ، ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް (ސެން) ޓީޗަރުން ތަމްރީނު ކުރުމަށްޓަކައި ވިލާ ކޮލެޖާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ޑިޕްލޮމާ އޮފް ޓީޗިން ސްޕެޝަލް އެޑިއުކޭޝަން ނީޑްސްގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ބައިވެރިންގެ ތެރެއިން ޓީޗިންގެ ދާއިރާއަށް އަލަށް ވަންނަ ދަރިވަރުންނަށް ހިލޭ ކޯސް ފީ ގެ އިތުރުން ސްޓައިޕެންޑްގެ ގޮތުގައި މަހަކު 1500 ރުފިޔާ ދިނުމަށް ވަނީ އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސަވާފައެވެ.

ޑިޕްލޮމާ އިން ޓީޗިން ޕްރައިމަރީ އެންޑް ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސްގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އިންކްލޫސިވް ލާނިން މާހައުލުތައް އުފެއްދުމަށް ފުރިހަމަ ބިންގާއެކެވެ.

އެއް އަހަރުގެ މި ޕްރޮގްރާމަކީ ޕްރައިމަރީ ތައުލީމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކިޔަވައިދިނުމުގެ މުހިންމު އުސޫލުތައް ކޯހުގެ ބައިވެރިންނަށް ތައާރަފްކޮށްދީ، ސެން ޓީޗަރުންގެ ގޮތުގައި ކުރިއަރައި ދިއުމަށް ތައްޔާރުކޮށްދޭ ޕްރޮގްރާމެކެވެ. ދަރިވަރުންގެ މަންހަޖު ފަރުމާކުރުމާއި، ވަޒަންކުރުމުގެ ސްޓްރެޓެޖީތަކާއި، ހުރިހާ ދަރިވަރުންގެ ޚާއްޞަ ބޭނުންތަކަށް ޚާއްޞަކޮށްގެން ކިޔަވައިދިނުމުގެ ފައިދާހުރި ގޮތްތައް ދަސްވެގެންދާނެއެވެ.

ކޯހަށް ވަނުމަށް އެދޭ ފޯމު

ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:

• މަތީ ސާނަވީ ތަޢުލީމު ކާމިޔާބުކަމާއެކު ފުރިހަމަކުރުން ނުވަތަ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އަލްޓަނޭޓިވް އެންޓްރީ ކްރައިޓީރިއާ

● ލެވެލް 4 ގެ ކޮލިފިކޭޝަނެއް ފުރިހަމަކޮށްފައިވުން (ގުޅުން ނެތް) ، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރުން ނުވަތަ

● އުމުރުން 20 އަހަރު ފުރި، ސެކަންޑަރީ ސްކޫލް ފުރިހަމަކޮށްފައިވުން، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވުން

ޕްރޮގްރާމާއި ބެހޭ އިތުރު މައުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓް ލިންކު އިން ލިބެން ހުންނާނެއެވެ. ނުވަތަ ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅުއްވައިގެން ނުވަތަ ވައިބާރ ކޮށްލައްވައިގެން ހޯދާލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355