twitterviber whatsapp telegramfacebookyoutube instagram
16th June 2025
ADVERTISEMENT
އަލީ މުހައްމަދު

ރަށުގެ އިރުމަތި ފަރާތުން ލިންކު ރޯޑެއް ހެދިގެންދާނެ: އަލީ

އިބްރާހިމް ހަމީދު
Apr 14, 2019
8

ކުޅުދުއްފުށީގެ އިރުމަތި ފަރާތުން ލިންކް ރޯޑެއް ހެދިގެންދާނެކަމަށް ކުޅުދުއްފުށީ ޕަބުލިކް ވޯކްސްގެ ޕްރޮޖެކްޓް މެއިންޓަނަސް ކޯޑިނޭޓަރ އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕަބުލިކް ވޯކްސް ސައިޓްގެ ހާލަތާއި އެތަނުން ކުރިއަށްގެންދަން ރާވާފައިވާ މަސައްކަތާ ބެހޭ ގޮތުން ކޭއޯގައި ވާހަކަދައްކަވަމުން އަލީ ވިދާޅުވީ މުވައްސަސާތަކުގެ އެހީތެރިކަމާއެެކު ރަށުގެ އިރުމަތި ފަރާތުން ލިންކް ރޯޑެއް ހެދިގެންދާނެ ކަމަށެވެ.

"ރަށު ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއެކު ކުރިއަށް އޮތްތަނުގައި ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ޗަކަފެންގަނޑުތަކަށް ވެލިއަޅައި، މަދިރީގެ އުނދަގުލުން ސަލާމަތްވުމަށް ވާގަނޑުތައް ސާފުކޮށް، އަދި ރަށުގެ އިރުމަތި ފަރާތުން ލިންކުރޯޑެއް ހެދިގެންދާނެ." އަލީ ވިދާޅުވި އެވެ.

ސައިޓާ ހަވާލުވިއިރު އެތަނުގައި ހުރި މައްސަލަތަކާ ބެހޭގޮތުން އަލީ ވަނީ ވަރަށް ބޮޑަށް ކަންބޮޑުންފާޅުކުރައްވާ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މިއަދު އެތަން އޮތީ ވަރަށް ދަތިހާލެއްގައި، މެޝިނަރީއަށްވެސް ބޭނުންވެފައިވާކަމަށެވެ.

އަލީ ވިދާޅުވީ ސައިޓް އޮތީ މިވަގުތު ވަރަށް ދަތިހާލުގައި ކަމަށާއި އެގޮތުން ތަނުގައި ހުރި ވެހިކަލްތައް ހުރީ ގުރައުންޑްވެފައިވަކަމަށެވެ. މީގެ ކުރިން މަސައްކަތް ކުރަން ސައިޓްގައި ގެންގުޅުނު ގިނަ ވެހިކަލްތައް ވަނީ ނިމިދިޔަ ސަރުކާރުން ކައިރި ރަށްރަށަށް ގެންގޮސް، ވެހިކަލްތައް އަނބުރާ މިކޮޅަށް ގެނެވޭނެ ކަމުގެވެސް މާބޮޑު އުއްމީދެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

" ކޮންމެ ރަށެއްގައި ވެސް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކެއްކަން ފާހަގަ ކުރަން އެހެންނަމަވެސް އަޅުގަނޑުގެ ގަބޫލުކުރާގޮތުގައި ކުޅުދުއްފުށީން މެޝިނަރީތައް އެހެން ރަށްރަށަށް ގެންދެވެންޖެހޭނީ މިރަށުގައި އެކަންކަން ކުރެވޭނެ ގޮތެއް ގާއިމުކޮށްދީފައި." އަލީ ވިދާޅުވިއެވެ.

" ކުޅުދުއްފުށީގެ ރައްޔިތުން އެންމެ ރަގަޅަށް ހިދުމަތް ދިނުމަށް ވަރަށް ބޮޑު ގޮންޖެހުމެއް އެބަހުރި. މަސައްކަތް ކުރެވޭނެ އެންމެ އެކްސްކަވޭޓަރެއްވެސް ނެތް އަދި ބޮޑު ލޮރީއެއް އެބައޮތް އެވެސް އެންމެ ރަނގަޅު ކޮޑިޝަނެއްގައި ނޫން. ރަށުގެ މަގުތައް މީން ދުވަހަކުވެސް ދަށަށްނުދާވަރަށް މިހާރު މަގުތަކުގެ ހާލަތުވަނީ ދަށަށް ގޮސްފައި މިދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށް ނުވުމުން ރައްޔިތުންނަށް އެކަމުގެ ތަހައްމަލު ކުރަން ނުޖެހި މިދަނީ " ކޯޑިނޭޓަރ އަލީ ވިދާޅުވި އެވެ.

އަލީ އިތުރަށް ވިދާޅުވީ ތަނުގައި ހުރި ވެހިކަލްތައް މަރާމާތު ކޮށްލައިގެން މުވައްޒަފުންނާއެކު މިހަފުތާތެރޭގައި މަގުތަކަށް ވެލިއަޅައި ލެވެލް ކުރަންފެށިގެންދާނެކަމަށާއި އެއީ އެއްގޮތަކަށްވެސް ވެހިކަލްތަކަށް ދާއިމި މަރާމާތުތައް ކުރެވިގެން ނޫން ކަމަށެވެ.

އަދި ކުރިއަށް އޮތީ ވިއްސާރަ މޫސުމެއްކަމުން މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހުރުމުގެ ސަބަބުން ރައްޔިތުން މިހާރުވެސް ދަތި ފޯރަމުންދާތީ އެކަމަށް ވަގުތީ ހައްލެއް ގެނެސްދިނުމަށް ކަމަށެވެ. އެކަމުން ދާއިމީ ހައްލަކަށް ވެގެންދާނީ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މަގުތައް ރަނގަޅުފެންވަރަކަށް ހެދެންދެންވެސް އެމަގުތައް ބެލެހެއްޓުމަށް ރަނގަޅުފެންވަރުގެ އާ މެޝިނަރީތައް ނުލިބި ކުރިއަށް ނުގެންދެވޭނެކަމަށާއި ފާލުން ނެއްޓިފައިވާ މިމުވައްސަސާ ހަމަމަގަށް އެޅުވުމަށްޓަކާ މިސަރުކާރުންނާއި ރަށުން މަޖިލީހަށް ހޮވިވަޑައިގަތް ދެ މެމްބަރުންނާއި ޕުލޭނިންގ މިނިސްޓަރ އަސްލަމްގެ އެއްބާރުލުން މިކަމުގައި ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް އަލީ ވިދާޅުވިއެވެ.

ނަން
ކޮމެންޓް
ސުޒީ
ހޭހޭ! އެއްފަސްގަޑައް ހިކިފަހުންނަ ގައުމު ތަކުގަ ސިޓީތަކުގެ ވަށައިގެން ހެދިފަވާ މަގައް ކިޔަނީ ރިންގުރޯޑު! ރިންގުރޯޑު ހެދުމުގެ ބޭނުމަކީ ސީޓީތެރެ ޓުރެފިކު ބާރު ބޮޑުނުވާގޮތައް ސިޓީތެޔައް ނުވަދެ ދާންޖެހޭތާކައް ރިންގުރޯޑުން ދިއުން! ކުޅުދުއްފުށި ހުރަސްކޮން ނުވަތަ ރަށުންބޭރުން އެއްގަމުގަ ދުއްވާ އެއްއެޗެއްގަ އަންނައް ނުޖެހޭއިރު، އެތައް ރުކަކާ ގަހެއް ކަނޑާފަ ރަށުވައިގެން މިހާ އަވަހައް ރިގުރޯޑެއް އޮންނަން ޖެހޭގޮތެއް ނުވިސްނޭ! ދެން ލިކުރޯޑެއް ވެޖެއާ ކޮންތާކައް ދާންތޯ! އެއްވިލެޖުން އަނެވިޖައް ސިޓީޔަކާ ގުޅިފަ ހުންނަނީ ލިންކުރޯޑު! ކުރާނެ ކަމެއްނެތިޔާ އެކްސްކަވޭޓަރު ބޭނުކޮއްގެން އެއާފޯޓު އިރުމަތިގަ ތަންފުރޭދެން ބޮބިއޮޅު ކޮނެފަ އޮޅުތަކާ ތިލިކުރޯޑުގުޅުވާފަ ބޭނުން މީހަކައް އަހަރަކު 50 ރުފިޔާއައް ކުއްޔައްދީބަލަ
ޙަސަން
މިރަށް ކުރިޔައް ނުދާ މައިގަނޑު ސަބަބަކީ އާޑަ ފުރައްސާރަ ކުރުން ހުރިހާ ކަމެއްގަ އޮތީމަ..
ކިންގު
ވަރަށް އުފާވެރި ޚަބަރެއް ، އުންމީދުކުރަން ތިތަން ރަނގަޅަށް ހިންގާނެކަމަށް
މާއެނގޭ
ލިންކް ރޯޑްގެ މާނަ ނޭގޭ މީހުން ލިންކް ރޯޑް ވާހަކަ ނުދައްކަތިބެމާ
ޓިފަނީ
ލިންކު ރޯޑެއްތަ ނޫނީ ރިންގު ރޯޑެއްތަ؟
މޫސަ
ކީއްކުރާ ލިންކުރޯޑެއްބާދޯ؟
އައްޔޫބު
އަލީ ވަރު މީހަކު ނެތް، ތީހަމަ އެއްވަނަ...
ޙފސސ
ހަދާނަމޭ ނުކިޔަ ހަދާފަ ދައްކަބަލަ😡
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com