twitterviber whatsapp telegramfacebookyoutube instagram
21st June 2026

އަމިއްލަ ފަރާތްތަކުން ރޯދަ ހަދިޔާއެއްގެ ގޮތުގައި ފޯކައިދޫގެ ކޮންމެ ގެޔަކަށް އޮރެންޖް ކޭހެއް ދެނީ

އަބްދުލް ވާހިދު ޙަސަން
Apr 28, 2019

އަމިއްލަ ފަރާތްތަކުން ށ ފޯކައިދޫގައި ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި އޮރެންޖް ކޭހެއް ދޭން ނިންމައިފި އެވެ. މިއީ އަމިއްލަ ފަރާތްތަކުން ރޯދަ ހަދިޔާއެއްގެ ގޮތުގައި ރަށެއްގެ ހުރިހާ ގޭބިސީތަކަށް ތަކެތި ފޯރުކޮށްދޭން ނިންމާފައިވާކަން ހާމަވި ފުރަތަމަ ފަހަރެވެ.

ރޯދަމަހާ ދިމާކޮށް ކައުންސިލުންތަކުން އަންނަނީ ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް އެކި ކަންތައްތައް ކޮށްދޭން ނިންމާފައިވާކަން ހާމަކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ތަފާތުއެކި ކާބޯތަކެތި ބަހަން ނިންމާފައިވާއިރު އަނެއް ބައި ރަށްރަށުގައި ކުނި އުކާލުމާއި ކަރަންޓް އަދި ކޭބަލް ޓީވީ ފަދަ ހިދުމަތްތައް ހިލޭ ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ، ހެޔޮއެދޭ އަމިއްލަ ފަރާތެއް އެރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި އޮރެންޖް ކޭހެއް ދޭން ނިންމާފައިވާ ކަމަށެވެ.

ރޯދަމަސް ފެށެންވާއިރަށް އޮރެންޖް ކޭސްތައް ގޭބިސީތަކަށް ލިބޭވަރުވާނެކަމަށް ރާޝިދު ވިދާޅުވި އެވެ. ފޯކައިދޫގައި 1800 އެއްހާ މީހުން ދިރިއުޅޭއިރު 235 ގޭބިސީ ހުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355