twitterviber whatsapp telegramfacebookyoutube instagram
18th September 2026

ކުޅުދުއްފުށީގައި މާދަމާ ފަގީރުންނަށް ކަދުރު ބަހަން ފަށަނީ

އަބްދުލް ވާހިދު ޙަސަން
May 12, 2019

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރުގެ ތެރެއިން ކުޅުދުއްފުށީގެ ރައްޔިތުންނަށް ބެހުމަށް ކައުންސިލާ ހަވާލުކުރި ކަދުރު މާދަމާ ފަގީރުންނަށް ބަހަން ފަށާނެކަމަށް ކައުންސިލުން ހާމަކޮށްފި އެވެ.

ކައުންސިލުން ބުނީ އިސްލާމިކް މިނިސްޓްރީ ކުޅުދުއްފުއްޓަށް ބެހުމަށްޓަކާ ހަވާލުކޮށްފައިވަނީ 459 ޕެކެޓް ކަދުރު ކަމަށެވެ.

ކައުންސިލުން ބުނީ ކަދުރު ބަހާނީ މިނިސްޓްރީ އަންގާފައިވާގޮތަށް ފަގީރުންނަށް އިސްކަންދީގެން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ލިސްޓްގައިވާގޮތަށް 120 ގޭބިސީއަށް މާދަމާ ކަދުރު ބަހަން ފަށާނެކަމަށެވެ.

ބާކީ ހުރި ކަދުރު އާންމުންނަށް ބަހަން ފަށާނީ ފަގީރުންނަށް ބެހުމަށް ފަހު ކަމަށާއި އާންމުނަށް ކަދުރު ބަހަން ދެ ދުވަހެއްވަރު ނަގާނެކަމަށް ކައުންސިލް ބުނެ އެވެ.

އާންމުންނަށް ކަދުރު ބަހާއިރު ބަހަން ހަމަޖެހިފައިވަނީ ގޭބިސީއެއްގެ ސައްހަކަށް އަންގައިދޭ ލިޔުމެއް ހިފައިގެން ދިޔުމުންނެވެ. ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދީގެންކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293